ޝިޕާޒު ރައީސް އޮފީހުގެ މިނިސްޓަރަކަށް، އަކްރަމް ޕްލޭނިންގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރައްވައިފި

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ރައީސް އޮފީހުގެ މިނިސްޓަރަކަށް ހަމަޖައްސަވައި، ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުންދީނަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފިއެވެ.
ބާރަށު ދާއިރާގެ ކުރީގެ މެމްބަރުކަންވެސް ކުރައްވާފައިވާ ޝިފާޒު ރައީސް އޮފީހުގެ މިނިސްޓަރަކަށް އައްޔަން ކުރެއްވާފައިވާއިރު، އެ އޮފީހުގައި މިހާރު ތިން މިނިސްޓަރަކު ތިއްބަވާނެއެވެ. އެއީ ޝިފާޒްގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމާއި، ކުރީގެ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ޝިޔާމުއެވެ.
ސްޓޭޓް މިނިސްޓަރުން ފެންވަރުގެ އަށް ބޭފުޅަކު މިހާރުވެސް ރައީސް އޮފީހުގައި ތިއްބަވާއިރު، މިއީ މިނިސްޓްރީއަކަށް ސްޓޭޓް މިނިސްޓަރަކު އަންޔަން ކުރެއްވި ފުރަތަމަ ފަހަރެވެ. މި ދެބޭފުޅުންނާއިވެސް މިއަދު ވަނީ މަޤާމުގެ ފަތްކޮޅު ހަވާލުކޮށްފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ