ރާއްޖޭގެ ޑިމޮކްރެސީގެ އެންމެ މުހިއްމު އެއް ތަނބަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް އެ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެން މީޑިއާތަކާއި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ މި ޑިމޮކުރަސީގައި އެންމެ މުހިންމު އެެއް ތަނބަކީ ގާސިމް ކަމަށާއި ގިނަ އުނދަގޫތަކަކާއި އެކުވެސް ކުރިއަށް ދެވޭނެކަން ގާސިމް ސާބިތުކޮށްދެއްވާފައިވާ ކަމަށެވެ.
"ގާސިމްގެ ހަޔާތުގައި ކުރިމަތިވެފައިވާ އުނދަގޫތަކަށް ބަލާފައި އަޅުގަނޑު ދަންނަވާނީ އެމަނިކުފާނަކީ ރާއްޖޭގެ މި ޑިމޮކުރަސީގައި އެންމެ މުހިންމު އެެއް ތަނބު ކަމަށް. އިތުރަށް ކުރިއަށް ދެވޭނެތޯ ސުވާލު އުފެދޭވަރުގެ ދުއްތުރާތަށް ގާސިމް އާއި ވަނީ ކުރިމަތިވެފައި. ގާސިމްގެ ވިޔަފާރިއަށް، ގާސިމްގެ ދަރިންނަށް ބޮޑެތި ޗެލެންޖެސްތަށް ކުރިމަތިވި" އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ މިއަދު ގާސިމް އާއި އެކު މާލެ އަންނާނެ ކަން އިއުލާން ކުރައްވާފައި ވަނިކޮށް ސްޓޭޓް އޮފް އެމެޖެންސީ އިއުލާންކޮށް އެއާޕޯޓުން ހައްޔަރު ކުރާނެ ކަމުގެ ވާހަކަތަކެއް ވެސް އިވުނު ކަމަށެވެ.
" މިހާރު ރައީސުން ކަމުގައި ހުންނެވި ބޭފުޅާ މިހާރު ރައްޔިތުން ވަނީ ގެއަށް ދާން އަންގާފައި. ވަރަށް މަތީ އަޣުލަބިއްޔަތަކުން. އެހެންކަމުން ބިރާއި ކުރިމަތި ނުލާ ކާމިޔާބެއް ނުލިބޭނެ. އަޅުގަނޑު ކަންބޮޑެއް ނުވޭ މި ވާހަކަތަށް ނިމޭތަނުން ގާސިމް އުފުރާލިޔަސް. ރާއްޖޭގެ ރައްޔިތުން އުފުރާލަން ޖެހޭ މީހާ މިހާރު އެހުރީ އުފުރާލާފައި" އަލީ ވަހީދު ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު މިއަދު ރާއްޖެ ވަޑައިގެންނެވިއިރު، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ އިތުރުން ކޯލިޝަންގެ ގިނަ އަދަދެއްގެ ވެރިންނާއި، ގާސިމްގެ ވިލާ ކުންފުނީގެ އިސް ވެރިންނާއި، އާއިލާއާއި ގާތް ބޭފުޅުން ވަނީ އެއާޕޯޓަށް ވަޑައިގެންފައެވެ.
ރާއްޖޭގެ ޑިމޮކްރެސީގެ އެންމެ މުހިއްމު އެއް ތަނބަކީ ގާސިމް - އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ