ރާއްޖޭގައި ހައްދު ޖެހުން ހުއްޓާލުމަށް ޑރ.ޝަހީދު ގޮވާލައްވައިފި

އިސްލާމީ ޝަރީއަތުގައި ހިމެނޭ ހައްދު ޖެހުން، ރާއްޖޭގައި ހުއްޓާލުމަށް އދ.ގެ ދީނީ މިނިވަންކަމާ ބެހޭ ޚާއްޞަ ރެޕެޗުއާ އަދި ކުރީގެ ފޮރިން މިނިސްޓަރު، ޑރ. އަޙުމަދު ޝަހީދު ގޮވާލައްވައިފިއެވެ.ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ނުކުރުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހައްދު ޖެހުން ހިމެނޭގޮތަށް ކޯޕްރަލް ޕަނިޝްމަންޓުގެ ތެރޭގައި ހިމެނޭ ހުރިހާ ކަންތައްތަކެއް ރާއްޖޭގައި މަނާކުރަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ގޮވާލާކަމަށެވެ. ރައީސް އޮފީހުގެ މިނިސްޓަރ އަޙުމަދު ނަސީމް ޓެގްކުރައްވާ ޝަހީދު ކުރެއްވި އެ ޓްވީޓުގައި، 2019 ވަނަ އަހަރު އދ.ގެ ސަޤާފީ ހައްޤުތަކާ ބެހޭ ރެޕެޗުއާ ރާއްޖެއަށް ޒިޔާރަތްކުރުމަށް ދައުވަތު ދޭންވެސް ގޮވާލައްވާފައިވެއެވެ. އެ މޭރުމުން ޑރ.ޝަހީދު ޓްވީޓް ކުރައްވާފައިވާއިރު، އެމަނިކުފާނަކީ، އިސްލާމް ދީނުގެ ބައެއް އަސްލުތަކާއި އުސޫލުތަކަށް ފާޅުގައި ގޮން ޖައްސަވާ، ފާޑު ކިޔަމުން އަންނަ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.ޑރ.ޝަހީދު މީގެ ކުރިންވަނީ ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށްވެސް ގޮވާލައްވާފައެވެ. ހައްދު ޖެހުމަކީ އިސްލާމީ ޝަރީޢަތުގައި، ބައެއް ކުށްތަކަށް އަދަބެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަމެެކެވެ. އެގޮތުން، ޣައިރު މުހްސަނަކު ޒިނޭކުރުމުން ދީނުގައި ޙައްދު ޖެހުމަށް ކަނޑައަޅުއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ