ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށްދާން ރަޖިސްޓްރީވުމާއި ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކޮށްފި

ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މިއަހަރުގެ ޑިސެންބަރު މަހު އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމާއި ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކޮށްފިއެވެ.ހައްޖު ކޯޕަރޭޝަނުން ބުނީ ރެޖިސްޓްރީ ކުރުމާއި ފައިސާ ދެއްކުމުގެ އެންމެ ފަހު ތާރީޚަކީ 8 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން ކަމަށެވެ. ޢުމްރާއަށް ރަޖިސްޓްރީ ކުރެއްވުމަށް އެދި ހުށަހަޅާ ފޯރމް ފުރުއްވުމަށްފަހު އެކޯޕަރޭޝަންގެ އޮފީހުން ފޯމާއި އެކު ފައިސާ ދެއްކެވުމުން ރަޖިސްޓްރީ ކުރެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ހާމަކުރެއެވެ.ޢުމްރާއަށް ރަޖިސްޓްރީ ކުރުމާއިބެހޭ ފޯރމް ހައްޖު ކޯޕަރޭޝަންގެ އޮފީސް އަދި ވެބްސައިޓުން ލިބެން ހުންނާނެއެވެ. ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޑިސެންބަރު މަހުގެ އުމްރާއަށް ދާ ފަރާތްތަކަށްވަނީ ގިނަ ޚިދުމަތްތަކަކާއެކު 15 ދުވަހުގެ ޕެކޭޖެއް އާންމުކޮށްފައެވެ. އެ ޕެކޭޖްގެ އަގަކީ 23,965ރ (ތޭވީހާސް ނުވަ ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)އެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ 4 ބޭފުޅުންގެ ގުރޫޕެއް ނުވަތަ 04 ބޭފުޅުންގެ އާއިލާއެއް ރަޖިސްޓްރީ ކުރައްވާނަމަ ވަރަށް ޙާއްސަ ޑިސްކައުންޓެއް ލިނޭ ކަމަށެވެ. އެގޮތުން 04 މީހުންގެ ގުރޫޕެއްނަމަ ކޮންމެ ބޭފުޅަކަށް 1,000ރުފިޔާ ޑިސްކައުންޓެއް އަދި 10 ބޭފުޅުންގެ ގުރޫޕެއް ރަޖިސްޓްރީ ކޮށްދެއްވާ ފަރާތްތަކަށް ޢުމްރާ އަގުގެ 50 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. އަދި 12 އަހަރުން ދަށުގެ ކުދިންނަށް ވަރަށް ޙާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ