ދެވަނަ ޑިވިޝަން: ޓީސީ 1 - 0 ޔުނައިޓެޑް ވިކްޓަރީ

2 އަހަރު ކުރިން
އަލީ ރިފްޝާން
2 އަހަރު ކުރިން
އަލީ ރިފްޝާން
މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ހޮވުނު ޓީސީ ސްޕޯޓްސްއަށް ވާދައިގެ ތައްޓާއި، ރަން މެޑެލްއާއި، ފައިސާގެ އިނާމް އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަލީ ޒަކީ.
ADVERTISEMENT
2 އަހަރު ކުރިން
އަލީ ރިފްޝާން
މުބާރާތުގެ ރަނަރަޕް ޓީމަކަށް ހޮވުނު ޔުނައިޓެޑް ވިކްޓަރީއަށް ފައިސާގެ އިނާމާއި، ތައްޓާއި، މެޑެލް އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ).
2 އަހަރު ކުރިން
އަލީ ރިފްޝާން
މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ޓީސީ ސްޕޯޓްސްގެ ގޯލްކީޕަރު ތޮލާލް ހަސަން.
2 އަހަރު ކުރިން
އަލީ ރިފްޝާން
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީސީ ސްޕޯޓްސްގެ ނާއިޒް ހަސަން.
2 އަހަރު ކުރިން
އަލީ ރިފްޝާން
މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ޖޭޖޭ ސްޕޯޓްސް. އެ ޓީމަށް ހަނދާނީ ލިޔުމާއި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިރު (ނާބެ)
2 އަހަރު ކުރިން
އަލީ ރިފްޝާން
މި ނަތީޖާއާއެކު ދެވަނަ ޑިވިޝަނުގެ ޗެމްޕިއަނަކީ ޓީސީ.
2 އަހަރު ކުރިން
އަލީ ރިފްޝާން
މެޗުގެ ކުޅުން ނިމިއްޖެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-0 ލަނޑުން ކުރީގައި އޮތީ ޓީސީ.
2 އަހަރު ކުރިން
އަލީ ރިފްޝާން
90' ޔުނައިޓެޑް ވިކްޓަރީއަށް ރަނގަޅު ފުރުސަތެއް. ފައުޒާން ނަގައިދިން ހިލޭ ޖެހުމަކުން އަފްރާހް އުފެއްދި ހަމަލާ ޓީސީގެ ކީޕަރު ވަނީ ދިފާއުކޮށްފައި.
2 އަހަރު ކުރިން
އަލީ ރިފްޝާން
2 އަހަރު ކުރިން
އަލީ ރިފްޝާން
90' ޓީސީއިން ބަދަލެއް. ފައިސަލްގެ ބަދަލުގައި މިގްދާދު ސައީދު ކުޅެން ނުކުމެއްޖެ.
2 އަހަރު ކުރިން
އަލީ ރިފްޝާން
84' ޓީސީއަށް ފުރުސަތެއް ލިބިއްޖެ. ރިޒްވާން ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ޔުނައިޓެޑް ވިކްޓަރީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
2 އަހަރު ކުރިން
އަލީ ރިފްޝާން
ފައުޒާން ފޮނުވާލި ހިލޭ ޖެހުން ގޯލާ އަމާޒުވާ ގޮތެއް ނުވި.
2 އަހަރު ކުރިން
އަލީ ރިފްޝާން
79' ސުޖާއުއަށް އިސާރު ކުރި ފައުލަކާ ގުޅިގެން ޔުނައިޓެޑް ވިކްޓަރީއަށް ހިލޭ ޖެހުމެއް ދީފި.
2 އަހަރު ކުރިން
އަލީ ރިފްޝާން
77' އަފްރާހްއަށް ޔާމިން ކުރި ފައުލަކާ ގުޅިގެން ޔުނައިޓެޑް ވިކްޓަރީއަށް ހިލޭ ޖެހުމެއް ދީފި.
2 އަހަރު ކުރިން
އަލީ ރިފްޝާން
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
2 އަހަރު ކުރިން
އަލީ ރިފްޝާން
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ. މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު، 1-0 ލަނޑުން ކުރީގައި އޮތީ ޓީސީ.
2 އަހަރު ކުރިން
އަލީ ރިފްޝާން
45' ޓީސީއިން ލަނޑެއް ކާމިޔާބުކޮށްފި. ޓީސީއަށް މިލަނޑު ކާމިޔާބުކޮށްދިނީ މުސްތަފާ އަބްދުލް ކަރީމް.
2 އަހަރު ކުރިން
އަލީ ރިފްޝާން
44' ޒާދުއަށް ހުސް ފުރުސަތެއް ލިބިއްޖެ. ޔުނައިޓެޑް ވިކްޓަރީގެ ގޯލަށް ޒާދު ހަމަލާއެއް ފޮނުވާލުމުގެ ކުރިން ތޯރިގު ވަނީ އެ ބޯޅަ ބޭރުކޮށްލައިފަ.
2 އަހަރު ކުރިން
އަލީ ރިފްޝާން
43' މުސްތަފާ ދިން ބޯޅައިން ޓީސީގެ ކެޕްޓަން ޔާމިން އުފެއްދި ހަމަލާ ޔުނައިޓެޑް ވިކްޓަރީގެ ގޯލާ އަމާޒެއް ނުވި. އެބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
2 އަހަރު ކުރިން
އަލީ ރިފްޝާން
މެޗުގެ 40 މިނެޓްގެ ކުޅުން ނިމުނުއިރު، ދެޓީމުންކުރެ އެއްވެސް ޓީމަކަށް އަދި ލަނޑެއް ނުޖެހޭ.
2 އަހަރު ކުރިން
އަލީ ރިފްޝާން
34' ޔާމީން ނަގައިދިން ކޯނަރަކުން އިސާރު އުފެއްދި ހަމަލާ ޔުނައިޓެޑް ވިކްޓަރީގެ ގޯލާ އަމާޒެއް ނުވި.
2 އަހަރު ކުރިން
އަލީ ރިފްޝާން
34' ޔުނައިޓެޑް ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ބޭރުން ރިޒްވާން އުފެއްދި ހަމަލާ ކީޕަރު އަނަފް ދިފާއުކޮށްފި.
2 އަހަރު ކުރިން
އަލީ ރިފްޝާން
މެޗުގެ 25 މިނެޓްގެ ކުޅުން ނިމުނުއިރު، ދެ ޓީމަށް ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ނުލިބޭ.
2 އަހަރު ކުރިން
އަލީ ރިފްޝާން
19' ޒާދު ފޮނުވާލި ހަމަލާ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު އަނަފް ދިފާއުކޮށްފި.
2 އަހަރު ކުރިން
އަލީ ރިފްޝާން
9' ޔުނައިޓެޑް ވިކްޓަރީއަށް ފުރުސަތެއް. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، އެލްރުއެމީ އުފެއްދި ހަމަލާ ޓީސީގެ ކީޕަރު ވަނީ ދިފާއުކޮށްފައި.
2 އަހަރު ކުރިން
އަލީ ރިފްޝާން
ޔުނައިޓެޑް ވިކްޓަރީ
2 އަހަރު ކުރިން
އަލީ ރިފްޝާން
ޓީސީ
2 އަހަރު ކުރިން
އަލީ ރިފްޝާން
މެޗު ފަށައިފި.
2 އަހަރު ކުރިން
އަލީ ރިފްޝާން
ޔުނައިޓެޑް ވިކްޓަރީގެ ފުރަތަމަ 11:
މުހައްމަދު އަނަފް ޒަރިޔަންދު (ގޯލްކީޕަރު)
މުހައްމަދު ތޯރިގު
ހުސައިން ޝަރީފް
އަބްދުﷲ ފައުޒަން
އަހްމަދު އަފްރާހް ނަސީރު
ޝާފިއު މުހައްމަދު
އަހްމަދު އަރީސް
ހަސަން ވިސާލް
އަހްމަދު ޝުޖާއު
ހުސައިން ސުޖާއު (ކެޕްޓަން)
އެލްރުއެމީ މުހައްމަދު ޑަބްލިޔު.އެސް
2 އަހަރު ކުރިން
އަލީ ރިފްޝާން
ޓީސީގެ ފުރަތަމަ 11:
ތޮލާލް ހަސަން (ގޯލްކީޕަރު)
ފައިސަލް މުސްތަފާ
މުހައްމަދު ރިލްވާން
މުސްތަފާ އަބްދުލް ކަރީމް
ޔާމިން އިބްރާހިމް (ކެޕްޓަން)
އިބްރާހިމް ރިޒުވާން
އިބްރާހިމް އިސާރު
އަހްމަދު ޒާދު
ހުސައިން ފައިރޫޒް
ނާއިޒް ހަސަން
އައިމަން އިބްރާހިމް
ދެވަނަ ޑިވިޝަނުގެ ފައިނަލުގައި ޓީސީ އާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ