މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީގައި ޤާއިމްކުރާ އާ އިންޖީނުގެ، އެރަށު މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައި އިމާރާތްކުރަންފަށައިފިއެވެ.
އަލިފުށީ ކައުންސިލުންބުނީ އެރަށުގައި އާ އިންޖީނުގެ އަޅަން މިފެށީ އެރަށުގެ ޕްލޭންގައި ކަނޑައަޅާފައިވާ ސަރަހައްދުގައިކަމަށެވެ.
އަދި މިހާރު ރަށު މީހުން ދިރިއުޅޭ ސަރަހައްދުގައި އަލިފުށީ އިންޖީނުގެ ހުރުމުން އާއްމުންނަށް އުނދަގޫތައް ތަހައްމަލުކުރަންޖެހޭކަން ފާހަގަކޮށްފައިވެއެވެ.
އަލިފުށީ އިންޖީނުގެ ސަރައްދުގައި ދިރިއުޅޭމީހަކުބުނީ، އެމީހުން ބޯންބޭނުންކުރާ ފެން ފުރާޅުން ނުނެގޭކަމަށާއި އަދި ފެންވެރުމަށް ބޭނުންވާ ފެން ވަޅުންވެސް ނުނެގޭކަމަށެވެ. އެހެންކަމުން އިންޖީނުގެ މިހާރު ހުރިތަނުން ބަދަލުކޮށްދިނުމަށް ތަކުރާރުކޮށް ކައުންސިލްގައި އެދިވިފައިވާނެކަމަށް އެފަރާތުންބުނެއެވެ.
ކައުންސިލުންބުނީ އެރަށުގެ އިންޖީނުގެ ހިންގާ ފެނަކާ ކޯޕަރޭޝަނުން، އިންޖީނުގެ އެޅުމަށް ބަޔަކާ ހަވާލުކޮށްފައިވާއިރު އެ މަސައްކަތް ފުރިހަމަކުރުމަށް ފަސްމަސްދުވަސް ދީފައިވާކަމަށެވެ.
އަލިފުށީ އިންޖީނުގެއިންބުނީ، ރަށުގެ ކަރަންޓުގެ ހާލަތު ދަށަށްގޮސްފައިވާކަމަށާއި، އާ އިންޖީނުގެ ނިމުމުން ރަށަށް ކަރަންޓް ދިނުމަށް މަދުވެގެން ހަތަރުސަތޭކަ ފަންސާސް ކިލޯވޯޓްގެ އެއް ޖަނަރޭޓަރު އިތުރަށް ބޭނުންވާނެކަމަށެވެ. އަދި މިހާރު ރަށުގައި އަޅާފައިވާ ކޭބަލަކީ މީގެ އަށާރަވަރަކަށް އަހަރު ކުރިން އެޅި ކޭބަލަކަށްވާތީ، އެ ކޭބަލަށްވެސް ބަދަލު ގެންނަން ޖެހިފައިވާކަން އަލިފުށީ އިންޖީނުގެ ހިންގާ ފެނަކައިގެ އޮފިޝަލް ފާހަގަކުރެއެވެ.
އަލިފުއްޓަކީ ދެހާހަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ ރަށެކެވެ.
އަދި އެރަށަކީ އޮޑިދޯނިފަހަރު ބަނުމުގެ ސިނާއަތުގައި ގިނަބަޔަކު ޝާމިލްވެ މަސައްކަތްކުރަމުންދާ ރަށެއްވެސްމެއެވެ.
އަލިފުށީ އާ އިންޖީނުގެ، މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައި އިމާރާތްކުރަންފަށައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ