އަބްދުﷲ ރިޔާޒުގެ ބަންދަށް 5 ދުވަސް ޖަހައިފި

ކުއްލި ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ޖުމްހުރީ ޕާޓީގެ ނައިބް ލީޑަރ ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ ބަންދަށް 5 ދުވަސް ޖަހައިފިއެވެ.
އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން އަބްދުﷲ ރިޔާޒު ހައްޔަރުކޮށްފައިވަނީ މާޗް 2 ވަނަ ދުވަހުގެ ރެއެވެ.
ރިޔާޒު އާއި އެކު އެދުވަހު މަޖްލިސްގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުވެސް ހައްޔަރު ކުރިއެވެ، ނަމަވެސް ޖެހިގެން އައި ދުވަހު އަބްދުﷲ ޝާހިދު ދޫކޮށްލިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ