ކުރީގެ ރައީސް ނަޝީދަށް އަންނަ ރިޔާސީ އިންތިހާބުގައި ބައިވެރިވޭވޭނެކަމަށް އދ.ގެ ހިޔުމަން ރައިޓްސް ކޮމިޝަނުން ނިންމުމުން ދެން ރައީސް އަބްދުﷲ ޔާމީންއަށް ޖެހިވަޑައިގަންނަވާނީ އިންތިހާބެއް ނުބާއްވާނެ ކަމަށް ކަނޑައަޅަން ކަމަށް އދ ގެ ޚާއްސަ ރެޕަޓުއަރ ޑރ އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަ ކުރެވެން ޖެހޭނެކަމަށް ޔޫއެން އެޗްއާރުސީން މިއަހަރު ކަނޑައަޅާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއްނޫންކަމަށް ވިދާޅުވެ ޑރ. ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޫއެން އެޗްއާރުސީގެ ނިންމުންތަކަށް ތަބާވާނެކަމަށް ރާއްޖެ ވަނީ އެއްބަސްވެފައިކަމަށެވެ.
އެގޮތުން ޝަހީދު ވިދާޅުވިގޮތުގައި ރާއްޖެއިން 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު 19 ގައި ސޮއިކޮށްފައިވާ އެއެއްބަސްވުމާއި ހިލާފު ނުވާ ނަމަ, ރައީސް ނަޝީދަށް އަންނަ ރިޔާސީ އިންތިހާބުގައި ބައިވެރިވޭވޭނެކަމަށް އދ.ގެ އިންސާނީ ހައްގުތަކާއިބެހޭ ކޮމިޝަނުން ނިންމުމުން ދެން ރައީސް އަބްދުﷲ ޔާމީންއަށް ޖެހިވަޑައިގަންނަވާނީ އިންތިހާބެއް ނުބާއްވާނެ ކަމަށް ކަނޑައަޅަން ކަމުގައެވެ.
ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ އިންތިހާބެއް ނުބާއްވާނެ ކަމަށް ކަނޑައަޅަން - ޑރ ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ