މިހިނދުން މިހިިނދަށް ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް މާލޭ ސިޓީ ކައުންސިލްއިން ގޮވާލައިފި

ސިޔާސީ ކުއްވެރިން ދޫކޮށްލުމަށާއި މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް، އިލެކްޝަނުން ކަނޑައަޅާފައިވާ މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް، ސްޕްރީމް ކޯޓުން ނެރެފައިވާ ހުކުމް ތަންފީޒު ކުރުން ލަސްކުރަމުންދާތީ އާއި މާލޭ ސިޓީގައި އުޅޭ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ގެންދާތީ އެ ހުކުމް މިހިނދުން މިހިނދަށް ތަންފީޒުކުރުމަށް ގޮވާލާ މާލޭ ސިޓީ ކައުންސިލްއިން މިރޭ ޤަރާރެއް ނެރެފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ 13 މެމްބަރުންގެ ތެރެއިން 8 މެންމަބަރުން ސޮއި ކުރައްވާ މި ޤަރާރު ނެރުއްވީ މިރޭ ސިޓީ ކައުންސިލް ހިންގާ އިމާރާތުގައި ބޭއްވި، އެ ކައުންސިލްގެ ތިން ވަނަ ޖަލްސާގައެވެ.
"ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން 01 ފެބްރުއަރީ 2018ވީ ބުރާސްފަތި ދުވަހުގެ ރޭ، ދިވެހި ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް ނެރުއްވާފައިވާ (01/SC-SJ/2018) ކޯޓް އަމުރުގައިވާ ކަންތައްތައް އެ އަމުރާއި އެއްގޮތަށް އަމުރު ރައްދުވާ ހުރިހާ ފަރާތްތަކުންވެސް އަމުރު ތަންފީޒްކުރުން ލަސްކުރަމުންދާތީވެ، އެކަމުގައި މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ނުހަނު ކަންބޮޑުވުން ހުރިކަން، މާލޭ ސިޓީ ކައުންސިލަރުންނާއި ޙިއްސާކުރަމުން ދާތިވެ، އެކަމުގެ ކަންބޮޑުވުން މި ކައުންސިލުން ހިތާމައާއިއެކު ފާޅުކުރަމެވެ. ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ދިވެހި ސަރުކާރާއި މުއައްސަސާ ތަކުގެ މައްޗަށް ނެރުއްވާފައިވާ އަމުރުގައި ވާ ގޮތަށް އެ އަމުރު މިހިނދުން މިހިިނދަށް ތަންފީޒުކޮށް ދެއްވުމަށް މާލޭ ސިޓީ ކައުންސިލުން ގޮވާލަމެވެ. އަދި އެ އަމުރުގައިވާ ކަންތައްތަށް ތަންފީު ނުކުރެވިދާ ކޮންމެ ވަގުތު ކޮޅަކީ ދިވެހި ރައްޔިތުން، ޚާއްސަކޮށް މާލޭ ސިޓީގައި ދިރިއުޅޭ އާންމު ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމެއްކަމުގައި ކަނޑައަޅައި ނިންމައި އެއްބަސްވަމެވެ." މާލޭ ސިޓީ ކައުންސިލުން މިރޭ ނެރުނު ބަޔާނުގައި ވެއެވެ.
އެމްޑީޕީ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލުން މިހެން ގޮވާލާފައި ވާއިރު ސްޕްރީމް ކޯޓްގެ ހުކުމް ތަންފީޒުކުރުމަށް ގޮވާލުމަށް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ މާލޭގެ އެކިއެކި ސަރަހައްދުތަކުގައި އަމަން ނަގާލަން މަސައްކަތް ކުރަމުންނެވެ. މި އެއްވުން ތަކުގެ ތެރެއިން، އިދިކޮޅަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންނާއި ކުރިމަތިލައި ޙަމަލާ ވެސް ދީފައެވެ. މިކަމުގެ ސަބަބުން ބައެއް ފުލުހުންނަށް ވަނީ އެކިވަރުގެ އަނިޔާތަކެއް ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ