އޮޅުވެލިފުށީގައި އެންޓަނާއަކަށް ހޮނުއަޅައި، ރަށުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެ

ހުޅަނގު މޫސުމާއި އެކު މިހާރު ރާއްޖޭގެ އެކި ހިސާބަށް ކުރަމުންދާ ވިއްސާރައިގައި ބުދަ ދުވަހުގެރޭ ޅ. އޮޅުވެލިފުށީގައި ހުރި އެންޓަނާއަކަށް ހޮނުއަޅައި، އެރަށުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.
ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން އޮލުވެލިފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ޢާޘިމް ވިދާޅުވީ، ބުދަ ދުވަހުގެރޭ ގުގުރައި ވިދައި، 30 މިނެޓެއްހާއިރަށް އެރަށަށް ވާރޭ ވެހުނު ކަމަށާއި، ވިއްސާރައިގައި ބުދަ ދުވަހުގެރޭ 9:30 ހާއިރު ހޮނު އަޅާފައި ވަނީ އެރަށު ޕަވަރހައުސްގެ ގޯތިތެރޭގައި ހުންނަ އުރީދޫގެ އެންޓަނާއަށް ކަމަށެވެ.
ޢާޘިމް އިތުރަށް ވިދާޅުވީ، ހޮނު އެޅުމުގެ ސަބަބުން ރަށުން ކަރަންޓުގެ ޚިދުމަތް ކެނޑުނު ކަމަށާއި، ކަރަންޓަށް ދިމާވި މައްސަލަ ޙައްލުކޮށް، ކަރަންޓުގެ ޚިދުމަތް އަލުން ދެވޭވަރުވީ ބުރާސްފަތި ދުވަހުގެ ހެނދުނު 8:30 ހާއިރު ކަމަށެވެ. މީގެ އިތުރުން، ހޮނު އެޅުމުގެ ސަބަބުން އުރީދޫ މެދުވެރިކޮށް ޤާއިމްކޮށްފައިވާ ކައުންސިލްގެ ވިއުގަ މިވަގުތު ބޭނުން ނުކުރެވޭ ކަމާއި، ކައުންސިލްގެ ބައެއް ކޮމްޕިއުޓަރ ސިސްޓަމްތަކާއި ޕްރިންޓަރ ފަދަ އާލާތްތައް ވެސް ހަލާކުވެފައިވާކަން ޢާޘިމް ފާހަގަކުރެއްވިއެވެ.
ބުދަ ދުވަހުގެރޭ ހޮނުއެޅުމުގެ ސަބަބުން މީހަކަށް ވެސް އަދި މުދަލަކަށް ވެސް އިތުރު ގެއްލުމެއް ލިބިފައިވާކަމުގެ މަޢުލޫމާތު އަދި ލިބިފައި ނުވާ ކަމަށާއި، ނަމަވެސް އެފަދަ ގެއްލުމެއް ލިބިފައިވޭތޯ ކައުންސިލުން މިހާރު ބަލަމުންދާ ކަމަށް ޢާޘިމް ވިދާޅުވިއެވެ.
ހުޅަނގު ޟުސުމުގެ ވިއްސާރައިގެ އަސަރު މިހާރު ރާއްޖެއަށް ކުރަން ފަށާފައިވާއިރު، މީގެ ކުރިން އެކި އަހަރު މިގޮތަށް ކުރި ވިއްސާރައިގައި ހިނގި މިފަދަ އެކި ހާދިސާތަކުގައި ބޮޑެތި ގެއްލުންތައް ވެސް ލިބިފައިވެއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ