އެންމެ މަގުބޫލް މެރިން އިންޖީނުގެ މަގާމު މި އަހަރު ވެސް ޑޫސާން ޑައިވޫ އަށް

މޯލްޑިވްސް ބޯޓިން އެވޯޑްސްގެ "މޯސްޓް ޕްރިފާޑް މެރިން އިންޖީން ބްރޭންޑް އޮފް ދަ އިޔާ" ނުވަތަ އެންމެ މަގުބޫލް މެރިން އިންޖީނުގެ އެވޯޑް، ވީއޭއެމްކޯ އިން ވިއްކާ ޑޫސާން ޑައިވޫ އިން ހޯދައިފި އެވެ.
ރާއްޖޭގެ އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާގެ ކުންފުނިތަކާއި ޖަމިއްޔާތައް ވަރުގަދަކޮށް، ފުޅާކުރުމުގެ ހިތްވަރެއްގެ ގޮތުން މޯލްޑިވްސް ބޯޓިން އެވޯޑްސް ދޭން ފެށިތާ ތިން އަހަރު ވެފައިވާއިރު، މިދިޔަ ހުރިހާ އަހަރެއްގައި ވެސް އެންމެ މަގުބޫލް މެރިން އިންޖީނުގެ އެވޯޑް ލިބިފައި ވަނީ ޑޫސާން ޑައިވޫ އަށެވެ.
ގިނަ ދުވަހަށް ގެންގުޅެވޭ، އަގުހެޔޮ އަދި ތެޔޮ ހަރަދު ކުޑަ، ދެކުނު ކޮރެއާގެ މަޝްހޫރު ޑޫސާން ޑައިވޫ މެރިން އިންޖީނަކީ ރާއްޖޭގެ 400 އަށް ވުރެ ގިނަ އޮޑީގައި ބޭނުން ކުރަމުން އަންނަ، އިތުބާރު ލިބިފައިވާ ބްރޭންޑެކެވެ.
ވީއޭއެމްކޯ އިން ޑޫސާން ޑައިވޫ އިންޖީނުގެ 160 ހޯސްޕަވަރުން ފެށިގެން 1،200 ހޯސްޕަވަރާ ދެމެދުގެ ލައިޓް، މީޑިއަމް އަދި ހެވީ ޑިއުޓީ އިންޖީނު ވިއްކަ އެވެ. އަދި މާލޭގައި ހުންނަ ވީއޭއެމްކޯގެ ސާވިސް ސެންޓަރުންނާއި ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް އިންޖީނު މަރާމާތުކޮށް، ސާވިސް ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.
ވީއޭއެމްކޯ އިން އެތެރެކުރާ އިންޖީނެއް މަރާމާތު ކުރުމުގެ މަސައްކަތުގައި މީހަކު ހަރަކާތްތެރިވަނީ.
މޯސްޓް ޕްރިފާޑް މެރިން އިންޖީންނުގެ އެވޯޑުގެ އިތުރުން، އެންމެ މަގުބޫލު މެރިން އިކުއިޕްމެންޓް ސްޕްލަޔާގެ އެވޯޑު ވެސް ލިބުނީ ވީއޭއެމްކޯ އަށެވެ. ދުނިޔޭގެ މަޝްހޫރު، ގިނަ ބްރޭންޑްތަކުގެ ސާމާނު އެ ފިހާރަ އިން ވިއްކަ އެވެ.
ބޯޓިން އެވޯޑްސްގެ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ލައިފްޓައިމް އެޗީވްމަންޓް ލިބުނީ ވީއޭއެމްކޯގެ ވެރިޔާ އަހުމަދު ޒުބައިރު އާދަމެވެ. ޒުބައިރު އަށް އެ އެވޯޑް ލިބުނީ މި އިންޑަސްޓްރީގައި ކުރައްވާފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
ސަފާރީ ހިންގުމުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބްލޫ ހޮރައިޒަން އަކީ ވެސް ޒުބައިރުގެ ކުންފުންޏެކެވެ. ބްލޫ ހޮރައިޒަން އަކީ ޒުބައިރުގެ ބައްޕަ އަހުމަދު މޫސާ އުފެއްދެވި ކުންފުންޏެކެވެ. ނަމަވެސް މިހާރު އެ ކުންފުނި ހިންގަވަނީ ޒުބައިރު އެވެ.
Boating Awards ge Lifetime Achievement award Zubair ah
Mihaaru
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ