ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމަކީ ދިވާވެފައިވާ ކާރިސާއެއް ކަމަށް ރައީސް މައުމޫނު އަބްދުލްޤައްޔޫމް ސިފަ ކުރައްވައިފިއެވެ.
ސުނާމީ ކާރިސާއަށް 13 އަހަރު ފުރުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ރައީސް މައުމޫނުގެ ފަރާތުން އިއްވެވި ބަޔާނުގައި ވިދާޅުވީ ސުނާމީ ކާރިސާއަށް 13 އަހަރު ވެގެން ދިޔައިރު ޤައުމަށް މިއަދު މިވަނީ ސިޔާސީ ކާރިސާއެއް ކުރިމަތިވެފަ ކަމުގައެވެ.
ރައީސް މައުމޫނު ވިދާޅުވީ ޤައުމަށް މިަދު ކުރިމަތިވެފައިވާ ސިޔާސީ ކާރިސާއިން އަރައިގަތުމަށް ގަދައަޅާ މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމުގައެވެ. ރައީސް މައުމޫނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެއްބައިވަންތަ ކަމުގައި ދެމިތިބޭނެ ކަމަށާއި މިއަދު ކުރިމަތިވެފައިވާ ކާރިސާއިން އަރައި ގަތުމަށް ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ.
ރައީސް މައުމޫނު ވިދާޅުވީ ރާއްޖެއަށް މިހާރު ވެސް ދިމާވެފައި މިވަނީ ބިރުވެރިކަމާއި ނާމާން ކަމުގެ ދުވަސްތަކެއް ކަމުގައެވެ. އަދި އެތައް ރައްޔިތުންނަކަށް ނުހައްގުން އަދަބު ލިބެމުންދާ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ސުނާމީގެ ހިތްދަތި ވަގުތުގައި ރައްޔިތުން ދެއްކި އެއްބައިވަންތަކަން ދައްކާ މިހާރު ޤައުމަށް ދިމާވެފައިވާ ކާރިސާއިން ސަލާމަތްވުމަށްވެސް އެ އެއްބައިވަންތަކަން ދައްކަން ޖެހޭ ކަމުގައެވެ.
މި ވެރިކަމަކީ ކާރިސާއެއް ކަމަށް ރައީސް މައުމޫނު ސިފަ ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ