ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.
ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ފައިސަލް ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ މެންދުރު 1:15 އަށެވެ.
ފައިސަލް ފުލުހަށް ހާޒިރު ކުރަނީ މިދިޔަ މަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއަކަށް މީހުން ނިކުތުމަށް ގޮވައިލި މައްސަލާގައެވެ.
ފެބްރުއަރީ 16 ވަނަ ދުވަހުގެ ރޭ ބޭއްވި ބޮޑު އެއްވުމަށް މާލެއަށް މީހުން އައުމަށް ގޮވާލި މައްސަލާގައި ޕްރެސްކޮންފަރެންގައި ބައިވެރިވި އިދިކޮޅު އެހެން ޕާޓީތަކުގެ އޮފިޝަލުންވެސް ގެންދަނީ ފުލުހަށް ހާޒިރު ކުރަމުންނެވެ.
މެމްބަރު ފައިސަލް ނަސީމް ފުލުހަށް ހާޒިރު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ