ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާގެ ޝަރީއަތް ފެށުމަށް މިއަދަށް ތާވަލު ކުރި އަޑުއެހުން ކެންސަލުކޮށްފިއެވެ.
ރިޔާޒުގެ މައްޗަށް ކުރާ އެ ދައުވާގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލުކުރީ މިއަދު ހެނދުނު 10 އެއް ޖަހާއިރަށެވެ. އެ ދައުވާގެ ޝަރީއަތް ކެންސަލްވި ސަބަބެއް އެނގިފައެއް ނުވެއެވެ.
އީ ކޮންކަމަކާއި ގުޅިގެން ރިޔާޒްގެ މައްޗަށް އުފުލާފައިވާ ދައުވާއެއް ކަން ރަސްމީ ފަރާތަކުން ކަށަވަރު ކޮށެއް ނުދެއެވެ. ނަމަވެސް މައުލޫމާތު އެނގޭ ބައެއް މީހުންނާއި ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައި ވަނީ މިދައުވާ ރިޔާޒްގެ މައްޗަށް އުފުލާފައި ވަނީ ފުލުހަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުންނެވެ.
މިދިޔަ ޖުލައި މަހު ގަދަކަމުން މަޖިލީހަށް ވަން މައްސަލާގައި ވެސް ރިޔާޒްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.
ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ ރިޔާޒުގެ މައްޗަށް ކުރަނީ ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ ދަށުންނެވެ. އެދައުވާ ސާބިތުވެއްޖެނަމަ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ރިޔާޒަށް އަންނާނެ އެވެ. އެ ހުކުމް އަޔަސް މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ.
ރިޔާޒްގެ މައްޗަށް ދައުވާކުރާ ދެ މައްސަލައެއް ކްރިމިނަލް ކޯޓުގައި އޮތްއިރު އޭނާގެ މައްޗަށް ދައުވާލިބޭ މައްސަލަ ހައި ކޯޓުގައި ވެސް ދަނީ ހިނގަމުންނެވެ.
އަބްދުﷲ ރިޔާޒްގެ ޝަރީޢަތް ކެންސަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ