އަފްރާޝީމް އަލީ އަވަހާރަކޮށްލީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަމަށް ފުލުހުން ހާމަކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ދީނީ އިލްމްވެރިޔާ ޑރ. އަފްރާޝީމް އަލީ ރަސްމީ އިއްޒަތުގައި ފަސްދާނުލުން އާސަހަރާގައި – ދިއިސްލާމް ފޮޓޯ: އިބްރާހިމް އަސްވާގުއުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލީ  ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.ދާދި ދެންމެއަކު ފުލުހުން ބޭއްވި ނިއުސް ބްރީފިން އެއްގައި ފުލުހުން ހާމަކުރިގޮތުގައި ޑރ އަފްރާޝިމްގެ މަރުގެ މައްސަލާގައި 2 މީހަކު އަމަލީ ގޮތުން ބައިވެރިވި ކަމަށާއި އެދެމީހުންނަކީ ހ. ލޮބީ ހުސެން ހުމާމް އަހުމަދު އަދި ހ. ހިކޯސްޓް އަލީ ޝާން ކަމަށެވެ. އަދި މި މީހުންނާ އެކު 18 އަހަރުން ދަށުގެ ކުއްޖަކު ބައިވެރިވެފައި ވާކަމަށް ފުލުހުން ހާމަކުރެއެވެ.ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި އަފްރާޝީމް މަރާލީ 4،000،000ރ. ހުށަހަޅައިގެން ކަމަށާއި އެ ކަމަށް ފަންޑް ކުރިކަމަސް ބެލެވޭ ދެ މީހަކު އިއްޔެ ހައްޔަރުކޮށްފައި ވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ