ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހީންނަށް ޚާއްސަކޮށްގެން 100 މިލިއަން ރުފިޔާގެ ސްކީމެއް ތައާރަފުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމިން މިހެން ވިދާޅުވީ ސަރުކާރުން ގާއިމް ކުރި ފުޓްސަލް ދަނޑުތަކުގެ ތެރެއިން 50 ފުޓްސަލް ދަނޑު ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ މި ސްކީމް ފަށާނީ 100 މިލިއަން ރުފިޔާ އާއި އެކު ކަމަށާއި މި ސްކީމަށް ލިބޭ ތަރުހީބަށް ބަލައި 500 މިލިއަން ރުފިޔާ އަށް ސްކީމު ފުޅާ ކުރައްވާނެ ކަމަށެވެ.
މި ސްކީމްގެ ތަފްސީލްތައް މެނިފެސްޓޯގައި ހިމަނުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
(ތަފްސީލް އަންނަނީ)
ފަތުރުވެރިކަމުގެ ދާއިރާގެ ދިވެހިންނަށް 100 މިލިއަން ރުފިޔާގެ ސްކީމެއް ތައާރަފު ކުރާނަން – ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ