ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ގައްދޫ ޒާހިރު އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ގދ. ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) އަވަހާރަވެއްޖެއެވެ.
ޒާހިރު އަވަހާރަވީ މީގެ ކުޑައިރުކޮޅެއް ކުރީންނެވެ.
ޒާހިރު އަވަހާރަވެފައި ވަނީ ކޮވިޑް-19 ގެ އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެބަލިން ފަަސޭހަފުޅުވެ ވަޑައިގެންނެވި ފަހުންކަމަށް މައުލޫމާތު ލިބެއެވެ.
ގައްދޫ ޒާހިރު އަވަހާރަވީ ގޭގައި ހުންނަވަނިކޮށް ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
ޒާހިރު އާދަމްއަކީ ގައްދޫ ދާއިރާގެ މިހާރުގެ މެމްބަރު, އަހުމަދު ޒާހިރުގެ ބައްޕާފުޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ