ޝައުނާ އަދި ޑރ. ހުސެއިންއަށް ރުހުންދިނުމުގެ މައްސަލަ ކޮމިޓީއަށް

ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހުސެއިން އާއި އެންވަޔަރަމެންޓް މިނިސްޓަރ އައިމިނަތު ޝައުނާއަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.އެންވާރަމެންޓް މިނިސްޓަރުގެ މަގާމަށް ޝައުނާ އަދި ފިޝަރީޒް މިނިސްޓަރު ކަމަށް ޑރ. ހުސައިން އައްޔަނު ކުރައްވާފައިވަނީ މޭ ފަސް ވަނަ ދުވަހުއެވެ.ފިޝަރީޒް މިނިސްޓަރުކަމާ ހަވާލުވެލައްވަންދެން ޑރ ހުސައިން ދިޔައީ އެންވާރަމެންޓް މިނިސްޓަރުގެ މަޤާމު ފުރުއްވަމުންނެވެ. މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް، އާމިނަތު ޝައުނާ އައްޔަން ކުރެވުމާއި ހަމައަށް އަދާކުރައްވަމުން ގެންދެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ޕޮލިސީގެ މަޤާމެވެ.ރައީސް ސޯލިހުގެ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެންނެވީ އެމަނިކުފާނު ސަރުކާރުގެ ހިންގުން ހަރުދަނާކޮށް މަސައްކަތްތައް އަވަސް ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިންނެވެ. އެމަނިކުފާނު ވަނީ ޒިންމާ އެންމެ ފުރިހަމައަށް އަދާނުކުރެއްވޭ ވަޒީރުން މަޤާމުތަކުން ދުރުކޮށް، ޕަރފޯމެންސް ނެރުމަށް ބަދަލުތައް ގެންނަވާނެކަމަށް މީގެކުރިން ހާމަކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ