ރައީސް ޔާމީން ގޭބަންދަށް ދޫކޮށްލުމާއި އެކު ޔުމްނާގެ ހަނދާނަށް ރައީސް މައުމޫނާއި މެދު ޢަމަލުކުރެވުނު ގޮތް!

ފަސް އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން، ރޭގެ ވަގުތެއްގައި ގޭބަންދަށް ބަދަލުކުރެވުމާއި ގުޅިގެން ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ތަފާތު ގޮތަކަށް ޝުއޫރު ފާޅުކުރައްވައިފިއެވެ.
އެގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ޓްވީޓެއް ހިއްސާކުރައްވަމުން ޔުމްނާ ވަނީ އެކަމަނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި މެދުގައި ޢަމަލުކުރެވުނު ގޮތް ހަނދާނަށް ގެންނަވާފައެވެ.
ޔުމްނާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރޯދަމަހެއްގެ ތެރޭގައި ރައީސް މައުމޫން ޖަލުބަންދުގައި ހުންނަވަނިކޮށް އާލާސްކަންފުޅާ އުޅުއްވާތީވެ ގެއަށް ބަދަލުކޮށްދޭން، ޢާއިލާގެ ފަރާތުން، އެތައް ފަހަރެއްގެ މަތީން އެދެމުން ދިޔަ ހަނދާންތައް އާވަމުންދާކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ރައީސް މައުމޫން ހައްޔަރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހައްޔަރުކުރެވުނެވެ. މި ދުވަސްވަރު ރައީސް މައުމޫންގެ ބަލި ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ