އެންމެ ނުރައްކާތެރި ފިތުނަ އަކީ ދީނީ ފިތުނަ: ހުތުބާ

އެންމެ ނުރައްކާތެރި ފިތުނަޔަކީ ދީނީ ފިތުނަ ކަމަށާއި އެއީ ﷲ ގެ އަޅާއާ އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ގުޅުން އިމްތިހާނު ކުރެވޭ ފިތުނައެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ."ފިތުނައިން ރައްކާތެރިވުން" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ދުނިޔެއަކީ އަޖުމަ ބެލުމުގެ މަންޒިރެއް ކަމަށާއި އިމްތިހާނުގެ މައިދާނުގައި އެއްވެސް މީހަކު އިސްތިސްނާވެގެން ނުވާނެ ކަމަށެވެ. އަދި ފިތުނައިން ރައްކާތެރިވުމަށް ރަސޫލާ އަންގަވާފައިވާ ކަމަށް ވެސް ޚުތުބާ ބުންޏެވެ.ހުތުބާގައި ބުނީ ފިތުނަ އަކީ ހިތަށާއި، ސިކުނޑިއަށް ޖެހޭ މުސީބާތެއް ކަމަށާއި އޭގެ ސަބަބުން ކެތްތެރީން ވެސް އާވާރާވެ، މަގުއޮޅިގެންދާ ކަމަށެވެ. އަދި ފިތުނައިގެ ސަބަބުން ކިތައް މީހުން ހައްގުން އެއްކިބާވެ، ހަލާކުވެ ގޮސްފައިވޭތޯ ސުވާލުކުރުމުން ހުތުބާގައި ވަނީ ފިތުނަ އަކީ ދެކޮޅުވެރިކަމާއި، ބައިބައިވުން އުފެއްދުމަށް މަގު ފަހި ކުރުވާ ޝައިތާނީ އަމަލެއް ކަމަށް ބުނެފަ އެވެ.އޭގެ އިތުރުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ، މީހުން ރުޅި އަރުވައި، ފިތުނައިގެ ހުޅު ރޯކުރުމަށް ބޭނުން ކުރެވޭ އެންމެ ބާރުގަދަ ވަސީލަތެއްކަން ފާހަގަކުރަމުން ހުތުބާގައި ބުނީ ދޮގު ވާހަކަތައް ފެތުރުނަ ނުދިނުމަށް، ހަބަރު ފަތުރާ ވަސީލަތްތަކަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ ކަމަށާއި ހަބަރުގެ ދޮގުތެދު ބެލުމަށް އިސްކަން ދޭން ޖެހޭނެ ކަމަށެވެ.ޚުތުބާގައި އިތުރަށް ބުނީ ފިތުނަ އަކީ ދެކޮޅުވެރިކަމާއި ބައިބައިވުން އުފެއްދުމަށް މަގުފަހި ކުރުވާ ޝައިތާނީ އަމަލެއް ކަމަށެވެ. ހަޤީޤަތާ ހިލާފު ވާހަކަތައް ފެތުރުމަކީ މީހުން ރުޅި އަރުވާ ފިތުނައިގެ ހުޅު ރޯކުރުމަށް ބޭނުންކުރެވޭ އެންމެ ބާރުގަދަ ވަސީލަތެއް ކަމަށާއި ދޮގު ވާހަކަތައް ފެތުރުނަ ނުދިނުމަށް ޚަބަރު ފަތުރާ ވަސީލަތްތަކަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ ކަމަށް ޚުތުބާގައި ބުންޏެވެ.ބަޔަކާ ފިތުނައެއް ކުރިމަތި ވެއްޖެނަމަ އެކަން ވެގެންދާނީ ވަކި މީހަކު އިސްތިޘްނާ ނުވެ، އެންމެން އޮޔާދާ ސުނާމީއެއްގެ ގޮތުގައކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ