ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ކަރަންޓުގެ ޚިދުމަތަށް ގެނައި ބަދަލު އަނބުރާ ގެންދިއުމަށް އައްޑޫ ސިޓީ ކައުންސިލުން ގޮވާލައިފި އެވެ.
"އައްޑޫސިޓީގައި ގާއިމުކުރެވިފައިވާ ކަރަންޓް ވިއުގައަކީ ހެޔޮއެދޭ ބޭރު ޤައުމުތަކުން އައްޑޫގެ ރައްޔިތުންނަށް އެހީތެރިވެެދެއްވައިގެން ޤާއިމުކޮށްފައިވާ ޚިދުމަތެކެވެ. އައްޑުއަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް މިސިޓީގެ ރައްޔިތުން އަމިއްލަގޮތުން ވެދެއްވި އެހީތެރިކަމާއި، އިނގިރޭސީން ދޫކޮށްފައިދިޔަ ގަމުގެ ތަކެތިން ތަރައްޤީކުރި މިކަރަންޓްގެ ޚިދުމަތުން އައްޑޫގެ ރައްޔިތުންނަށް ނުދެއްކޭ ވަރުގެ އަގެއް ނެގުމަކީ، ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. "ކަރަންޓް ބިލް ތައް ބޮޑުވުމާއި ގުޅިގެން އައްޑޫގެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ކައުންސިލާ ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން ކައުންސިލުން ނެރުނު ނޫސް ބަޔާނުގައިވެ އެވެ.
ކައުންސިލްގެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި މާރިޗް 1 ވަނަ ދުވަހުން ފެށިގެން ކަރަންޓް ބިިލް ތަކަށް އައި ބަދަލާއި ގުޅޭ ގޮތުން ފެނަކަ ކޯޕަރޭޝަންގެެ ރީޖަނަލް ޑިރެކްޓަރ ޢަބްދުالله ޒުހައިރު އާއި ބައްދަލު ކުރުމުން ސަރުކާރުން ފާސްކުރައްވާފައިވާ ކަރަންޓްގެ ޓެރިފް އަށް 1 މާރިޗް އިން ފެށިގެން އަމަލުކުރަން އަންގަފައިވާ ކަމަށާއި މި ޓެރިފަށް އަމަލުކުރަން ފެށުމުން އައްޑޫގެ ވިޔަފާރުކުރާ ތަންތަނުން 300 ޔުނިޓުން ފެށިގެން މަތިވާނަމަ، ޗާޖްކުރަނީ 6 ރުފިޔާގެ ރޭޓުންކަމަށް ޒުހައިރު ވިދާޅުވެފައިވާ ކަމަށެވެ.
ޒުހައިރު މިގޮތަށް ވިދާޅުވި ނަމަވެސް މިސަރުކާރުން ކަރަންޓް ބިލުގެ އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށާއި، މިހާރު ތަންފީޒު ކުރަން ފަށާފައިވާ އަގުތަކަކީ ރައީސް ނަޝީދުގެ ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކެއް ކަމަށް ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރ ހުސެން ހަމީޒު ވަނީ ވިދާޅުވެފައެވެ.
އައްޑޫގެ ވިޔަފާރިތަކުގެ ކަރަންޓުން ނަގާ ފީ މިދިޔަ މަހުން ފެށިގެން ބޮޑުކުރުމާ ގުޅިގެން އުފެދުނު ކަންބޮޑުވުންތަކާ ގުޅިގެން ވިޔަފާރިވެރިންނާއި އައްޑޫ ސިޓީ ކައުންސިލުން ކޮމިޓީއެއް އެކުލަވާލައިފައި ވާއިރު ކަރަންޓް ބިލަށް ގެނެސްފައިވާ ބަދަލަށް އެކަށީގެންވާ ހައްލެއް ލިބެންދެ މަސައްކަތްތަކެއް ކުރާނެ ކަމަށް ކައުންސިލްގެ ފަރާތުން މައުލޫމާތު ދެއްވައެވެ.
ކަރަންޓުގެ އަގަށް ގެނައި ބަދަލު އަނބުރާ ގެންދަން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ