އިންތިޚާބު ކާމިޔާބުކުރާނީ 80 އިންސަައްތައަށްވުރެ ގިނަ ވޯޓުން: ގާސިމް އިބްރާހިމް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ގުޅިފައިވާ ޕާޓީތަކުން ކާމިޔާބުކުރާނީ 80 އިންސަައްތައަށްވުރެ ގިނަ ވޯޓުންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ 10 ވަނަ އަހަރީ ދުވަހާއި ގުޅިގެން މިރޭ މާފަންނު ކުނޫޒްގައި ކުރިއަށްދާ ޚާއްސަ ޖަލްސާގަައި ސްކައިޕް މެދުވެރިކުރަައްވާ ވާހަކަދައްކަވަމުންނެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ މުޅި ގައުމު ވަނީ ބޮޑު އަނދަވަޅަކަށް ވެއްޓިފައިކަމަށާ ރާއްޖޭގައި އިންސާފު ނުލިބި މުޅި ގައުމުގެ ރައްޔިތުން ތިބީ ބޮޑު ހިތާމައެއްގައިކަމަށެވެ.
މި ރާއްޖެ މިހާލަތަށް ވައްޓާލައިގެން ތިބެން ފުރުސަތު ނުދެއްވާނެެކަމަށާ ގަައުމު އޮތް ހާލަަތުން މިންޖުކޮށްދެއްވުމަށް ޕާޓީތަކުގެ ލީޑަރުން ކުރައްވާ މަސައްކަތާއިމެދު އުފާކުރައްވާކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލްވެވަޑައިގަންނަވާނީ އިބްރާހިމް މުހައްމަދު ސާލިހު ކަމާއިމެދު ޝައްކެއް ނުކުރައްވާކަމަށެވެ. އަަދި ރިޔާސީ އިންތިޚާބު ގުޅިފަައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު އިންތިޚާބު ކާމިޔާބު ކުރައްވާނީ 80 އިންސަަައްތައަށްވުރެ ގިނަ ވޯޓުންކަމަށް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވަނީ ރައްޔިތުން ނިކުމެ ވޯޓްދީގެން އިބްރާހިމް މުހައްމަދު ސާލިހު އިންތިޚާބުކޮށްދެއްވުމަށް އާދޭހާއިއެކު ރައްޔިތުންނަށް އިލްތިމާސްކުރައްވާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރަށް ގާސިމް އިބްރާހިމް ވަނީ ރީ-ރަޖިސްޓްރޭޝަން ކުރެއްވުމަށް ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދެއްވުމަށާއި، ރިޝްވަތުގެ ފަައިސާގަައި ހިފަައިގެން ވޯޓް ވިއްކާނުލެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަަދި އެއްވެސް ބޭފުޅެއްގެ އައިޑީކާޑް އެހެން މީހަަކު އަތަށް ނުދިނުމަށްވެސް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.
"ވެންމަސް ވެނަށް ކާންދޭން މަސައްކަތްކުރިނަމަވެސް އެއިން އެއްވެސްކަމަކަށް ހެއްލިވަޑައިނުގަތުމަށް އަޅުގަނޑު ރައްޔިތުންނަށް ގޮވާލަން." ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
މީގެ އިތުރަށް ގާސިމް އިބްރާހިމް ވަނީ ޓެރަރިޒަަމްގެ ދަައުވާކޮށް އިދިކޮޅު ހުރިހާ ބޭފުޅުންގެ މަައްޗަށް ޝަރީއަތް ހިންގާ ރިޔާސީ ރޭހުން އެެއް ފަރާތްކުރަމުންދަނީ އިންސާފުން ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނާއި، ރައީސް ނަޝީދާއި، އެހެނިހެން ސިޔާސީ ލީޑަރުންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ބޭއިންސާފު ހުކުމެއްކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑިއާއިމެދު ސުވާލު އުފައްދާ އެ މެންބަރުން މަޖިލީހަށް ވަނުމަށް ހުރަސްއެޅުމަށްފަހު ބާއްވާ ޖަލްސާތަކުގަައއި ނިންމަަމުންދާ ނިންމުންތައް ސައްހަ ނުވާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވަނީ ޖުމްހޫރީ ޕާޓީގެ 10 ވަނަ އަހަަރީ ޖަލްސާގައި ރަައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާކަމީ ލިބިވަޑައިގަންނަަވާ ވަރަށް ބޮޑު އުފަލެއްކަމުގަައި ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް މި ޖަަލްސާގައި ބައިވެރިވެވަޑައިގަންނަވާތީ އެކަމަށްވެސް ގާސިމް ވަނީ ޝުކުރު ދަންނަވާފަައެވެ.
މީގެ އިތުރަށް ޖުމްހޫރީ ޕާޓީއަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނާއި، ވަރަށް ދަަތި ވަގުތުތަކުގައި އެކުގަައި ތިއްބެވި ޕާޓީގެ ހުރިހާ މެންބަރުންނަށްވެސް ގާސިމް އިބްރާހިމް ވަނީ ޝުކުރު ދަންްނަވާފަައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ