އާތިފާގެ އިސްތިއުފާ އަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް: މައުމޫން

ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އާތިފާ ޝަކޫރުގެ އިސްތިއުފާ އަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރުގެ މަގާމުން އާތިފާ އިސްތިއުފާ ހުށަހެޅުއްވީ އިއްޔެ ކަމަށްވާއިރު، އެކަމަނާ މަގާމުން އިސްތިއުފާ ދެއްވީ އާލާސްކަންފުޅާ އުޅުއްވާތީ އެވެ. ހައުސިން މިނިސްޓަރުގެ މަގާމުގައި އާތިފާ ހުންނެވީ ކުރީގެ މައުމޫން އުފެއްދެވި އެމްއާރްއެމްގެ ފަރާތުންނެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާތިފާއަކީ ހިތްވަރު ގަދަކަމުގެ ނަމޫނާއެއް ކަމަށާއި އެކަމަނާ ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވީ އިހުލާސްތެރިކަމާއެކު ކަމަށެވެ. އަދި އާތިފާ އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް މައުމޫން ވިދާޅުވިއެވެ.
Minister Athifa Shakoor is a model of courage and integrity. She has served the people with sincerity and distinction. Her resignation is a deep loss to the country. I wish her good health and success in all her future endeavours. @ibusolih @MRM_Office
— Maumoon Abdul Gayoom (@maumoonagayoom) June 11, 2020
އާތިފާގެ އިސްތިއުފާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގަބޫލުފުޅުކުރައްވާފައިވާއިރު، ރައީސް މިއަދު ވަނީ ހައުސިން މިނިސްޓްރީ އުވާލަން ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހީމް ހޫދު ކުރައްވާފައިވާ ޓްވީޓެއްގައި މިއަދު ވިދާޅުވީ ހައުސިން މިނިސްޓްރީ އުވާލައްވާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ ގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލު ކުރައްވާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ