ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި ފަރާތްތަކުން ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ދިން މުއްދަތު މިއަދު ހަވީރު ހަތަރަކަށް އިތުރުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހަވީރު ހަތަރަކަށް އިތުރުކުރީ ރީ ރަޖިސްޓްރޭޝަންގެ މަސައްކަތް ރޭ ދަންވަރު 12:00 ޖަހާއިރަށް ވެސް ނިންމާނުލެވުމުގެ ސަބަބުން ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ލަފާ ކުރާ ގޮތުގައި ރަޖިސްޓްރޭޝަން ކުރުން މިއަދު މެންދުރުފަހުގެ ވަގުތެއްގައި ނިންމާލެވޭނެ އެވެ.
ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ހުޅުވާލީ އަންގާރަދުވަހުގެ ހެނދުނު 8:00 އިން ހަވީރު 6:00 އަށެވެ. ފޯމްތައް ޕްރޮސެސް ކުރުން 7 ގަޑިއިރަށް މެދުކަނޑާލުމާއި ގުޅިގެން އެ މުއްދަތު އިއްޔެ ހަވީރު 6:00 އަށް އިތުރުކުރި އެވެ. އަދި ރޭ ވަނީ ދަންވަރު 2:00 އަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދީފަ އެވެ.
ރަޖިސްޓްރީކުރަން ހުށަހަޅާ ފޯމްތަކުގެ ތެރެއިން އެއްވެސް ސަބަބަކާ ހުރެ ރިޖެކްޓްވާ ފޯމްތައް އިސްލާހުކޮށް އަލުން ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށާއި އެ ފުރުސަތު ނުދެވެނީ ވަގުތު ނެތުމުގެ ސަބަބުން ކަމަށް ވެސް އެ ކޮމިޝަނުނުން ވަނީ ބުނެފައެވެ.
ރަޖިސްޓްރީކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާއިރު އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބުނެފައިވަނީ ރޭ ހަތެއް ޖެހުމާއި ހަމައަށް 56،000 އަށް ވުރެ ގިނަ ފޯމް ޕްރޮސެސް ކުރެވިފައިވާ ކަމަށާއި ފޯމުތަކުގެ ތެރެއިން އަދި 10،000 އެއްހާ ފޯމު ޕްރޮސެސް ނުވެ ހުރި ކަމަށް ލަފާކުރެވޭ ކުރެވޭ ކަމަށެވެ.
ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަވީރު ހަތަރަކަށް އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ