ޣައްސާން މައުމޫން ގޮނޑި ކާމިޔާބުކުރައްވައިފި

ޕީޕީއެމްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވި ޣައްސާން މައުމޫން އިންތިޚާބު ކާމިޔާބު ކޮށްފިކަމަށް މިހާތަނަށް ލިބުނު ނަތީޖާތަކުން ދައްކައިފިއެވެ.
ގުރައިދޫ ދާއިރާއަށް ވާދަކުރެއްވި ޣައްސާން މިހާތަނަށް ވަނީ 417 ވޯޓް ހޯއްދަވާފައެވެ. އޭނާ އާއި އެންމެ ގާތުން ވާދަކުރައްވާ އެމްޑީޕީގެ މުހައްމަދު ނަސީރަށް ލިބިފައި ވަނީ 287 ވޯޓެވެ. ގުރައިދޫ ދާއިރާގެ މިހާރުގެ މެންބަރު ހުސައިން މަނިކު ދޮންމަނިކަށް ލިބިފައި ވަނީ 217 ވޯޓެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ