ރިޝްވަތުގެ ތުހުމަތު ކުރެވިފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު ތިން މައްސަލައެއް ބަލަމުންދާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
އަބްދުﷲ ދީދީގެ މައްޗަށް ތުހުމަތުކޮށް ކުރިން އެ ކޮމިޝަނަށް ހުށަހެޅިފައި ވަނީ ސުލޫކީ ދެ މައްސަލައެވެ. ނަމަވެސް ޖޭއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ކޮމިޝަނުގެ ޑިރެކްޓަރު މުއުމިނާ އުމަރު ވިދާޅުވީ، ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ އެހެން ތިން މައްސަލައެއް ބަލަން ނިންމާފައި ވަނީ މިއަދު އެކޮމިޝަނުން ބޭއްވި ކުއްލި ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.
ފަނޑިޔާރު އަބްދުﷲ ދީދީއާ ދެކޮޅަށް ފަހުން ހުށަހެޅި ތިން މައްސަލައިގެ ތަފުސީލެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
ޖޭއެސްސީން ރޭ ނެރުނު ބަޔާނެއްގައިވާ ގޮތުގައި، ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ ގޮތުން އެ ކޮމިޝަނުން ކުރިން ބަލަން ނިންމީ އޭނާގެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން އަންގާފައި ވާތީ، އެކަމުގައި ސުލޫކީ މައްސަލައެއް އޮތްތޯ އާއި ފަނޑިޔާރު ދީދީ ސަސްޕެންޑްކޮށްފައި ވަނިކޮށް ރަސްމީ މަސައްކަތަށް ނުކުމެވަޑައިގަންނަވާތީ އެ މައްސަލަ ކަމަށެވެ.
ފަނޑިޔާރު އަބްދުﷲ ދީދީގެ އެދިވަޑައިގެންނެވުމުގެ މަތިން ޖޭއެސްސީން އެމައްސަލަތައް ބެލުމަށް ނިންމާފައި ވަނީ އާއްމުކޮށް ހުޅުވާލައިގެންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީގެ އިތުރު ތިން މައްސަލައެއް ޖޭއެސްސީން ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ