ގުދު ނެތް މީހާއާ ދިމާލަށް އެއްޗެހި ގޮވަމުން ދަނީ ހަތް ގުދު އޮތް މީހާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ނަޝީދަށް ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރު ގާސިމް އިބާރާހީމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ބައެއް މީޑިއާތަކަށް ފޮނުންވެވި މެސެޖެއްގައި ގާސިމް ވިދާޅުވީ ގާނޫނުއަސާސީއާ ޚިލާފަށް އަމަލުކޮށް، އަނިޔާވެރިކަން ގެނައުމާ ދިމާލަށް މިސްރާބު ޖެހީ އެމްޑީޕީން ކަމަށެވެ.
" ކޮބައިތޯ ވީ އެއްބަސްވުން ސަރުކާރަށް މަސް ދުވަސް ނުވަނީސް އަނިޔާވެރިވީ ކޮން ބައެއްތޯ, އިސްލާމް ދީނުގައި ކަނޑައެޅިގެން ބޮޑު ފާފައިގެ ގޮތުގައި ހިމެނޭ ހަރާމް ކަންކަން ކުރުމަށް ހިތްވަރު ލިބޭ ގޮތަށް އެކިއެކި ވާހަކަ ދައްކަމުން ދާއިރު ވެރިކަމަށް ގެންނަންވީ އެއްބަސްވުންތަަށް ހަދާން ނެތިއްޖެ،" ގާސިމް ވިދާޅުވެފައިވެއެވެ.
ކުރިން ސަލާން ޖަހަން ގެންގުޅުނު ނާށިގަނޑުގެ މަތިން ހަނދާން ނެތި ނާށިގަނޑު ހިފައިގެން ސަލާން ޖަހަން މަޖުބޫރުކުރުވީ އެމްޑީޕީން ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ.
ގާސިމް ވިދާޅުވީ އޭނާ ވެސް އަމަލު ކުރައްވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި މަޖިލީހުގެ ރައީސްގެ މަގާމުގައި އެމަނިކުފާނު ހުންނަވައިގެން ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.
ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ޖޭޕީން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ 32 ކެނޑިޑޭޓަކަށް ތާއީދުކުރަން ނިންމުމާއި ގުޅިގެން އެ ޕާޓީގެ ލީޑަރޝިޕްގެ ބައެއް މެމްބަރުންނާއި ކައުންސިލްގައި ހިމެނޭ ފަރާތްތަކުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.
މީގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ދައުލަތުގެ ފައިސާއާ މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނާއި ގޮތްނޭނގޭ މަރުގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރު ލިބިދޭ ބިލް ވޯޓަށް އެހުމަށް އެޖެންޑާ ކުރުމަށްފަހު، ވޯޓަށް ނާހައި، ގާސިމް ވަނީ އެބިލް އަލުން ކޮމެޓީއަށް ފޮނުވާލާފައެވެ.
އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ކެމްޕޭން ޖަލްސާތަކުގައި ނަޝީދު ވަނީ ތަކުރާރުކޮށް ގާސިމަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ނަޝީދު ވިދާޅުވެފައި ވަނީ ގާސިމް އުޅުއްވަނީ ޔާމީންގެ ގުނބޯ ހެދިގެން ކަމަށާއި، ގާސިމް މަސައްކަތް ކުރަމުން ދަނީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ކަމަށެވެ.
ގުދު ނެތް މީހާއާ ދިމާލަށް އެއްޗެހި ގޮވަމުން ދަނީ ހަތް ގުދު އޮތް މީހާ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ