ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ގާނޫނުއަސާސީއާ ހިލާފު ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމް ކޮށްފި އެވެ.
މިގޮތަށް ހުކުމް ކުރީ އެމްޑީޕީގެ ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ޓިކެޓް ލިބިވަޑައިނުގެން ނާކާމިޔާބީއާ ކުރިމަތިވި ވިޔަފާރިވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި ވަކީލް އަބްދުލްމާނިއު ހުސައިންގެ އިތުރުން ސ. ހިތަދޫ ގުލްހަޒާރުގޭ އަހުމަދު މުހައްމަދުގެ ފަރާތުން ހުށަހެޅި މި މައްސަލައިގަ އެވެ.
މައްސަލައިގެ އަޑުއެހުންތަކުން ދައުލަތުން ބުނެފައި ވަނީ ޕްރައިމަރީން ބަލިވުމުން އިންތިހާބުގައި ވާދަ ނުުކުރެވޭނެ ކަމަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާއަކީ އަސާސީ ހައްގެއް ހަނިކުރާ މާއްދާއެއް ބެލިޔަސް، ޕާޓީތަކުގެ ގާނޫނުން އެ ހައްގު ހަނިކޮށްފައި އެ އޮތީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބުނާ އުސޫލުގެ ތެރެއިން ކަމަށެވެ. މިނިވަން ޑިމޮކްރަޓިކް މުޖްތަމައުތަކުގައި ހައްގެއް ހަނިކޮށްފައިވާ މިންވަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން އަސާސީ ހައްގެއް ހަނިކުރެވިދާނެ ކަމަށް ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި އޮތް ކަން ފާހަގަކޮށް، ދައުލަތުން ބުނީ ޕާޓީތަކުގެ ގާނޫނުގެ އެ މާއްދާ ވެސް އޮތީ އެ އުސޫލުގެ ތެރެއިން ކަމަށެވެ.
ނަމަވެސް މައްސަލަ ހުށަހެޅުއްވި ބޭފުޅުން ވިދާޅުވެފައި ވަނީ ޕްރައިމަރީން ބަލިވުމުން ވާދަ ނުކުރެވޭ ގޮތަށް އޮންނަ ގައުމުތަކުގައި އެހެން އޮންނަނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އެކަން ކުރާތީ ކަމަށާއި އެކަމަކު ރާއްޖޭގައި އެކަން އޮންނަނީ އެހެން ނޫން ކަމަށެވެ. އެގޮތުން ރާއްޖޭގައި ޕްރައިމަރީ ބާއްވަން ލާޒިމް ނުވުމުގެ އިތުރުން ޕްރައިމަރީ ބޭއްވުމުގެ އުސޫލުތަކެއް ވެސް ނެތްކަން ފާހަގަކުރި އެވެ.
ޕްރައިމަރީން ބަލިވިޔަސް ވާދަކުރެވޭނެ: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ