ފުވައްމުލަކު ވިޔަފާރި ކުރާ ތަންތަނުގެ ކަރަންޓު ރޭޓަށް މިދިޔަ މަހުން ފެށިގެން ގެނައި ބަދަލަށް
އެކަށީގެންވާ ހައްލެއް ލިބެންދެން، އިތުރު ޖޫރިމަނާއެއް ނުވާ ގޮތަށް، ކަރަންޓު ބިލް ފަސްކޮށް ދިނުމަށް، އެ ރަށު
ވިޔަފާރިވެރިން ފެނަކަ ކޯޕަރޭޝަންގެ ފުވައްމުލަކު ބްރާންޗަށް ހުށަހަޅައިފި އެވެ.
އެ ބްރާންޗްގެ އިސް ވެރިންނާ އެކު ފުވައްމުލަކު ވިޔަފާރިވެރިން ބޭއްވި ބައްދަލުވުމުގައި އެ މީހުން ބުނީ ކުރިން އެންގުމަކާ 
ނުލާ ކަރަންޓް ބިލަށް އެހާ ބޮޑު ބަދަލެއް އައުމުން ވަރަަށް ކަންބޮޑުވެފައިވާ ކަމަށެވެ. އަދި އެއީ ގަބޫލް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް އެމީހުން ބުނެފައިވެ އެވެ.
ބައްދަލުވުމުގައި ބައިވެރި ވިޔަފާރިވެރިއަކު ބުނި ގޮތުގައި ކަރަންޓް 
ބިލުން ފިއުލް ސާޗާޖް ނަގަން ފެށި ފަހުން މިހާތަނަށް ފުވައްމުލަކުގެ 
ވިޔަފާރިވެރިން އައީ ފިއުލް ސާޗާޖަށް ވާ ފައިސާ ދައްކަމުންނެވެ.
"ހަގީގަތުގައި ޖެހިގެން މިއުޅޭ މައްސަލަ އަކީ 301 ޔުނިޓުން މައްޗަށް 
ނަގަމުން އައި 3.50 ރ 6.00 ރުފިޔާ އަށް ބޮޑުކުރުން. މިއީ ވަރަށް ބޮޑު 
ބަދަލެއް. މިހާ ބޮޑު އަދަދެއް ނަގައިގެން ވިޔަފާރިވެރިން ދެކޮޅު ޖައްސާނީ 
ކިހިނެއްތޯ؟" އޭނާ ބުންޏެވެ. ފުވައްމުލަކު ވިޔަފާވެރިންތަކެއް އިއްޔެ ފެނަކަ ފުވައްމުލަކު ބްރާންޗްގެ ވެރިންނާ ބައްދަލު ކުރަނީ. ފޮޓޯ/ ކިއުންތެރިއެއް            
ފެނަކަ ކޯޕަރޭޝަން ފުވައްމުލަކު ބްރާންޗްގެ އެގްޒެކެޓިވް މެނޭޖަރު މުހައްމަދު ތޯރިގް 
އަހުމަދު ވިދާޅުވީ ކަރަންޓް ބިލް ބޮޑުވުމާ ގުޅިގެން ވިޔަފާރިވެރިންގެ 
ކަންބޮޑުވުންތައް ފެނަކަ ކޯޕަރޭޝަންގެ ހެޑް އޮފީހުގެ އިސް ވެރިންނަށް ހުށަހަޅުއްވާނެ
ކަމަށެވެ. އެކަމަކު ކަރަންޓް ބިލްގެ ރޭޓްތައް ކުޑަކުރަން ފުވައްމުލަކު ބްރާންޗަށް ކޮށްދެވޭނެ ކަމައް ނެތް ކަމަށް 
އޭނާ ވިދާޅުވި އެވެ.
ވިޔަފާރިކުރާ ތަންތަނުގެ ކަރަންޓް ބިލަށް ޗާޖް ކުރާ ރޭޓް ބޮޑުކުރި މައްސަލާގައި ކަމާ ބެހޭ ފަރާތްތަކަށް ހުށަހަަޅަން ފުވައްމުލަކު ވިޔަފާވެރިން އަންނަނީ ޕެޓިޝަނެއްގައި ސޮއި ވެސް ކުރަމުންނެވެ.މާޗު 1 ގެ ކުރިން ރަށްރަށުގެ ވިޔަފާރިތަކުގެ ކަރަންޓަށް ވެސް ސަރުކާރުން އައީ ސަބްސިޑީ ދެމުންނެވެ. އެކަމަކު މާޗު 1 ގެ ފަހުން އެ ސަބްސިޓީ ކަނޑާލި އެވެ. އަދި ކަރަންޓް ބިލް މާ ބޮޑުވުމުން ގިނަ ރަށްރަށެއްގައި އެ ޝަކުވާ އަންނަނީ ކުރަމުންނެވެ.ކަރަންޓް ބިލް ބޮޑުވީ، ބައެއް ރަށްރަށުގެ ވިޔަފާރިވެރިން ބުނާ ގޮތުގައި، ހަމައެކަނި ސާ ޗާޖު ކަނޑާލައިގެންނެއް ނޫނެވެ. ކުރިން ޔުނިޓަކަށް ނަގަމުން އައި އަގު ވެސް ބޮޑުކުރުމުންނެވެ.
    
    ކަރަންޓް ބިލަށް ފައިސާ ދެއްކުން ފަސްކޮށް ދިނުމަށް ފުވައްމުލަކު ވިޔަފާވެރިން ފެނަކާގައި އެދެފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ