މަސައްކަތް ކޮށްގެން އެންމެ ގިނަ އާމްދަނީ ހޯދަނީ ކަސްޓަމްސްއިން: އުމަރު

މޯލްޑިވްސް ކަސްޓަމްސް ސާވިސްއަކީ މަސައްކަތް ކޮށްގެން އެންމެ ގިނަ އާމްދަނީ ދައުލަތަށް ހޯދައިދޭ މުއައްސަސާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. ކަސްޓަމްސްއަށް 124 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އުމަރު ވިދާޅުވީ އެ މުއައްސަސާ ވަރުގަދަ ތަނަކަށް ވެފައިވަނީ އެ ތަނުގެ މުވައްޒަފުންގެ އިހްލާސްތެރި މަސައްކަތުން ކަމަށެވެ. އަދި އެއް ޒަމާނެއްގައި އެތަނަކީ ރާއްޖޭގައި ހުރި އެންމެ ބާރުގަދަ މުއައްސަސާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މި ކަހަލަ ޒަމާންވީ ވަރުގަދަ އިންސްޓިޓިއުޝަނެއް މިހާ ހިސާބަށް އައުމުގައި ކުރިން މަސައްކަތް ކޮށްދެއްވި ބޭފުޅުންނާއި މިހާރު މަސައްކަތް ކޮށްދެއްވާ ބޭފުޅުންގެ އިހްލާސްތެރި ހިދުމަތްތައް އަޅުގަނޑުމެން ފާހަގަ ކުރަން،" އުމަރު ވިދާޅުވި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އަހަރީ ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު މުހައްމަދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ކަސްޓަމްސް މި ރަސްމިއްޔާތުގައި ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު މުހައްމަދު ވިދާޅުވީ ކަސްޓްމްސައަށް 124 އަހަރު ފުރޭއިރު އާކުރަން ބޭނުންވާ އަޒުމަކީ ހިދްމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އަވަސްކުރުން ކަމަށެވެ. އަދި މި އަޒުމުގައި ދެމިތިބޭނީ ކަސްޓަމްސްގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމުގައި ފަސްޖެހުމެއް ނެތި، ތަފާތުކުރުމެއް ނެތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ