ފިލިޕިންސްގެ ޚުދުމުޚުތާރު ވެރިޔާ މާކޯސްގެ ކަށިތައް ޤައުމީ ބަޠޮލުންގެ ސަހަރާގަ ވަޅުލަން ސްޕްރީމް ކޯޓުން ހުއްދަ ދީފިއެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ބުނީ އެއްވެސް މީހެއްގެ ހަށިގަނޑު ޤައުމީ ބަޠޮލުންގެ ސަހަރާގައި ވަޅުލުން މަނާކުރާ އެއްވެސް ޤާނޫނެއް ނެތް ކަމަށެވެ.
ފިލިޕިންސްގެ ގިނަ އަދަދެއްގެ ރައްޔިތުން ބުނަމުން ގެންދަނީ އެ ޤައުމުން ފެނިފައިވާ އެންމެ އެންމެ ބޮޑު އަނިޔާވެރިޔާ އަދި އެންމެ ބޮޑު ވަގު، މާކޯސްގެ ކަށިތައް ޤައުމީ ބަޠޮލުންގެ ސަހަރާގައި ވަޅުލުމަކީ ޤައުމީ ބަޠޮލުންގެ އިއްޒަތާއި ކަރާމާތަށް ކުރެވޭ ވަރަށް ބޮޑު ބޭއިންޞާފެއް ކަމަށެވެ.
މާކޯސްގެ ވެރިކަމުގައި ފައިދާ ލިބުނު މީހުންނާއި އެމިހުންގެ ޢާއިލާތަކުން ވަނީ ކޯޓުގެ ހުކުމާއި ގުޅިގެން އުފާ ފައުޅުކޮށްފައެވެެ.
ފިލިޕިންސްގެ ޚުދުމުޚުތާރު ވެރިޔާ މާކޯސްގެ ކަށިތައް ޤައުމީ ބަޠޮލުންގެ ސަހަރާގަ ވަޅުލަން ސްޕްރީމް ކޯޓުން ހުއްދަ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ