މޫސުން ގޯސްވުމުގެ ސަބަބުން ޒުވާނުންގެ ދުވަހުގެ ޖަލްސާ ކެންސަލް ކޮށްްފި

ދިވެހި ރާއްޖޭގައި ނޮވެމްބަރު 17 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ ފަށަން ކުޑަތަން ވެފަ އޮއްވާ ވިއްސާރަވެ ވާރޭވެހުމުގެ ސަބަބުން ކެންސަލް ކޮށްފިއެވެ.
ޒުވާނުންގެ ދުވަސް ފާހަގަކުރުމަށާއި ޒުވާނުންގެ ގައުމީ އިނާމު ދިނުމަށް ބާއްވަން އޮތް ޖަލްސާ ފަށަން ހަމަޖެހިފައި އޮތް ގަޑިއަކީ މިރޭ 8:30 އެވެ. އެހެން ނަމަވެސް މިރޭ 8:00 އެހާކަންހާއިރު އައި ކޮޅިގަނޑެއްގައި މާލެއަށް ވަނީ ވަރަށް ބޯކޮށް ވާރޭވެހިފަ އެވެ.
ދަރުބާރުގޭގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ގޮތަށް އޮންނަ މިޖަލްސާ ކެންސަލް ކުރި ވާހަކަ އެތަނުގައި އިޢުލާންކޮށްފައި ވަނީ 8:15 ހާއިރުއެވެ.
މޫސުމަށް މިއައި ބަދަލުތަކާ ގުޅިގެން ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާ ވަނީ އެހެން ދުވަހަކަށް ފަސްކުރެވިފައެވެ. އަދި އެކަމާ ގުޅިގެން ކުރިމަތިވި ދަތިތަކަށް ޔޫތު މިނިސްޓްރީއިން ނިހާޔަތަށް މަޢާފަށް ވެސް ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ