އިތުބާރު ނެތް ކަމުގެ ވޯޓަކުން ރޫމޭނިއާގެ ބޮޑުވަޒީރު އިލީ ބޮލޯޖަން މަގާމުން ދުރުކޮށްފި އެވެ.
އެންމެ ބޮޑު ޕާޓީ، ވާތު ފިޔައިގެ ސޯޝަލް ޑިމޮކްރެޓްސް ވަނީ ބޮލޯޖަން ކޯލިޝަނުން ވަކިވެ، ކަނާތު ފިޔައިގެ އިދިކޮޅު ފަރާތްތަކާ ގުޅިފަ އެވެ.
ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާ ގުޅިގެން ސޯޝަލް ޑިމޮކްރެޓިކް ޕާޓީން ވަނީ ލިބަރަލް ޕާޓީއަށް ނިސްބަތްވާ ބޮލޯޖަންއާ ދެމެދު ތަކުރާރުކޮށް ހިޔާލު ތަފާތުވުންތައް އުފައްދައިފަ އެވެ.
އާ ބޮޑުވަޒީރެއްގެ ދަށުން ކޯލިޝަން އަލުން އާރާސްތުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ބެލެވޭ ރައީސް ނިކަސޯ ޑޭން ވަނީ ރުމޭނިއާ އިން ބްރަސަލްސްއަށް ތާއީދު ކުރާ ސްޓޭންޑް ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދޭން އެދިވަޑައިގެންފަ އެވެ.
އޭނާގެ އިތުބާރު ނެތް ކަމަށް 281 މެންބަރަކު ވޯޓު ދެއްްވި އެވެ. އެއީ ބޮލޯޖަންގެ އިތުބާރު ނެތް ކަމަށް ބޭނުންވާ 233 ވޯޓަށް ވުރެ 48 ވޯޓު އިތުރު އަދަދެކެވެ.
އިންތިހާބު ބާއްވަން ޖެހެނީ 2028 ވަނަ އަހަރު އެވެ. ނަމަވެސް އަވަސް އިންތިހާބެއްް ބޭއްވޭނެ ކަމަކަށް ނުފެނެ އެވެ.
އިއްޔެ ނެގި ވޯޓުގެ ކުރިން ރުމޭނިއާގެ ފައިސާގެ އަގު ވަނީ ރެކޯޑް މިންވަރަކަށް ވެއްޓިފަ އެވެ.
ބޮލޯޖާންގެ ކޯލިޝަން ވެރިކަމަށް އައީ މީގެ 10 މަސް ކުރިން އެލަޔަންސް ފޯ ޔުނައިޓިން ރޫމޭނިއަންސް (އޭޔޫއާރް) އިން ޕާލަމެންޓުގެ ތިންބައިކުޅަ އެއްބައި ގޮނޑި ކާމިޔާބު ކުރި ހަރުކަށި ކަނާތު ފިޔައިގެ ކޯލިޝަން (އޭޔޫއާރް) އަށް ހުރަސް އެޅުމުގެ މަސައްކަތުންނެވެ.
އިތުބާރު ނެތްކަމުގެ ވޯޓަކުން ރޫމޭނިއާގެ ބޮޑުވަޒީރު މަގާމުން ދުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ