އޭޕްރީލް މަސް ނިމުނުއިރު ދައުލަތުގެ ބަޖެޓު ސާޕްލަސްގައި

އެޕްރީލް މަސް ނިމުނު އިރު ދައުލަތުގެ ބަޖެޓްގެ ސާޕްލަސް ދަމަހައްޓާފައިވާ ކަމަށް ފިނޭންސް މިިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، 30 އޭޕްރީލް 2026 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީގެ ޖުމްލަ ވަނީ 15.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 14.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 7.5 އިންސައްތައިގެ ކުރިއެރުމެކެވެ.
ބަޖެޓް ސާޕްލަސްގައި ދެމެހެއްޓުމުގެ އެއްމެ ބޮޑު ހިއްސާއަކަށް ވެފައިވަނީ، ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާ އިތުރުވުމުވެ. މިގޮތުން، ޓީޖީއެސްޓީގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ ވަނީ ލިބިފައިއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 11.7 އިންސައްތައިގެ ކުރިއެރުމެކެވެ. މިއާއެކު، މުޅި ޖުމްލަ ޓެކްސް އާމްދަނީ އަށްވެސް ވަނީ 12.3 ބިލިއަން ރުފިޔާ އެކު 13 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިއެވެ.
މިމުއްދަތުގެ ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، 14.3 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު، 13.8 އިންސައްތައިގެ އިތުރުވުމެކެވެ. އެއްމެ ބޮޑު ޚަރަދެއް ކުރެވިފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށެވެ. މިގޮތުން މުސާރައާއި އިނާޔަތްތަކަށް 4.5 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.5 އިންސައްތަ އިތުރުވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ