124 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ އާއިލީ ހާވީރު މާދަމާ ބާއްވާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ 29 އޭޕްރީލް ވާ ހުކުރު ދުވަހާއި އޭޕްރީލް 30 ވާ ހޮނިހިރު ދުވަހު ބާއްވާ މި އާއިލީ ހަވީރު އޮންނާނީ މި ދެދުވަހުގެ 16:00 ން 18:00 އަށް ޖުމުހޫރީ މައިދާނުގައި ކަމަށެވެ.
އާންމުކޮށް ހުޅުވާލެވިގެން ބާއްވާ ސިފައިންގެ އާއިލީ ހަވީރު ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ 29 އޭޕްރީލް ވާ ހުކުރު ދުވަހު ހަވީރު 16:00 ގައެވެ.
ސިފައިންގެ އާއިލާތަކަށާއި އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި އާއިލީ ހަވީރުގައި ތަފާތު އެކިހަރަކާތްތައް ކުރިއަށްގެންދާނެއެވެ. މިގޮތުން ސިފައިން ބޭނުންކުރާ ބައެއް އެއްގަމު އުޅަނދުތަކާއި ސިފައިންގެ ޔުނީފޯމްތަކުގައި ފޮޓޯނެގުމާއި އަދި މީގެއިތުރުން ކުޑަކުދިންނަށް ޚާއްޞަކޮށްފައިވާ ކުޅިވަރުތަކާއި ސިފައިންގެ ޔުނިޓްތައް ރަމްޒުކޮށްދޭ ސްޓޯލްތަކާއި ތަފާތު މޫދު ކުޅިވަރުތައް މި އާއިލީ ހަވީރުގައި ހިމެނޭނެއެވެ.
މީގެއިތުރުން ކޯސްޓްގާޑް ޝިޕްތަކަށް ޒިޔާރަތްކޮށްލުމުގެ ފުރުޞަތާއި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއި އެކު ސްޓޭޖް ޝޯއެއް މި އާއިލީ ހަވީރުގައި އޮންނާނެއެވެ.
ސިފައިންގެ އާއިލީ ހަވީރު މާދަމާ ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ