ޖޭއެސްސީގެ މެމްބަރު ކަމަށް ޝަމީމް އައްޔަން ކުރައްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ޑރ. އަލީ ޝަމީމް، ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރައްވައިފި އެވެ.
ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން ޝަމީމް އެ މަގާމަށް އައްޔަން ކުރަން ޖެހެނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސްގެ ހައިސިއްޔަތުންނެވެ.
ޖޭއެސްސީގެ މެންބަރު ކަމަށް ޑރ. އަލީ ޝަމީމް އައްޔަންކުރައްވާ ލިޔުން ހަވާލުކުރެއްވީ އެކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
މިރަސްމިއްޔާތުގެ ކުރިން އަލީ ޝަމީމަށް މަގާމުގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަބްދުﷲ ސައީދު އެވެ.
ސީއެެސްސީގެ މެމްބަރު ކަމަށް އަލީ ޝަމީމް އައްޔަން ކުރެއްވީ މިމަހުގެ 18 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ