ހަތަރުސަތޭކަ އަށް ކުޅުންތެރިންނާއެކު އިންޓަރ ސްކޫލް، ކޮލެޖު ޔުނިވަރސިޓީ ވޮލީބޯޅަ މުބާރާތް ފަށައިފިއެވެ.
މިއަހަރުގެ މިމުބާރާތުގައި 17 ސްކޫލަކާއި 5ކޮލެޖުން 44 ޓީމު ވާދަކުރާ އިރު، އޭގެ ތެރޭގައި އަތޮޅުތަކުގެ 6 ސުކޫލަކުން 7 ޓީމުވާދަކުރެއެވެ. މި އަހަރުގެ މުބާރާތުގައި ވާދަކުރާ އަތޮޅުތަކުގެސްކޫލްތަކަކީ ބ. ގޮއިދޫ ސްކޫލުން 2 ޓީމާއި ކ. މާފުށި ސްކޫލްގެ ޓީމަކާއި ތ. ވިލުފުށި ސްކޫލްގެ ޓީމަކާއި ފ. އަތޮޅު މަދަރުސާގެ ޓީމަކާއި ރ. އަލިފުށިސްކޫލް ޓީމަކާއި މ. މަޑިފުށި ސްކޫލްގެ ޓީމެކެވެ.
ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނީ މިއީ މިހާތަނަށް އެންމެ ގިނަކުޅުންތެރިން ވާދަކުރާ މުބާރާތް ކަމަށެވެ. އަދި އެންމެ ގިނަ ޓީމު ބައިވެރިކޮށްފައިވަނީ އިމާދުއްދީން ސްކޫލާއިތާޖުއްދީން ސްކޫލް އަދި އަހުމަދިއްޔާ ސްކޫލުން ކަމަށާއި މި ތިން ސްކޫލުންވެސް4 ޓީމު ބައިވެރިކޮށްފައިވާ ކަމަށް ވީއޭއެމްއިން ބުނެއެވެ.
ހަތަރުސަތޭކަ އަށް ކުޅުންތެރިންނާއެކު އިންޓަރ ސްކޫލް، ކޮލެޖު ޔުނިވަރސިޓީ ވޮލީބޯޅަ މުބާރާތް ފަށައިފި.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ