އިފުރު އެއާޕޯޓުން ކަރަންޓް ކެނޑިގެން ފްލައިޓެއް ޑިލޭ ވެއްޖެ

ރ.އަތޮޅުގައި އޮންނަ އިފުރު އެއާޕޯޓުން ކަރަންޓް ކެނޑުމުން އެއެއާޕޯޓުން ފުރަން އޮތް ފްލައިޓެއް ނުފުރި ޑިލޭ ވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިފުރު އެއާޕޯޓުން ކަރަންޓް ކެނޑުމުން ޝެޑިއުލް ކުރި ގަޑިއަށް ނުފުރި ޑިލޭވީ މޯލްޑިވިއަންގެ ފްލައިޓަކަށެވެ.
އެފްލައިޓް އިފުރުން ފުރައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސަން ޝެޑިއުލް ކޮށްފައި އޮތީ މިރޭ 20:10 ގަައެވެ.
ނަމަވެސް އެއާޕޯޓުން ގިނަ އިރުތަކަކަށް ކަރަންޓް ކެނޑުމުން ފްލައިޓް ފުރާފައި ވަނީ ފުރަން ޝެޑިއުލް ކުރި ގަޑިއަށް ވުރެ ގަޑިއެއްހާއިރު ލަހުންނެވެ.
ޑިލޭވި ފްލައިޓް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާފައި ވަނީ މިރޭ 21:00 ގައެވެ.
އިފުރު އެއާޕޯޓުން ކަރަންޓް ކެނޑެން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ