ގާޒީ ސަލާމުގައި ހުންނެވުމުން، ޖައިލަމް މަރާލި މައްސަލަ މިއަދު ފެށޭގޮތެއް ނުވި

މި އަހަރުގެ ކުރީކޮޅު ދަރުބާރުގެ ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ ޝަރީއަތް ފަށަން މިއަދު ތާވަލްކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.
ހ. ހަންޑްރެޑްފްލާވާ ޖައިލަމް މަރާލި މައްސަލައިގެ އަޑުއެހުންތައް ފެށުމަށް މިއަދު ބާއްވަން ތާވަލު ކޯށްފައި އޮތް މައްސަލަ ކެންސަލް ކުރީ، އެ މައްސަލަ ބައްލަވާ ގާޒީ ސަލާމުގައި ހުންނެވުމުން ކަމަށް އެ ކޯޓުން ވަނީ މީޑިއާގައި ބުނެފައެވެ.
ޖައިލަމް މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރިކަމުގެ ދައުވާ ދައުލަތުން ކުރަނީ ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދާއި ވ. ސިނަމާލޭ އިސްމާއިލް އަނީގާއި ޏ. ފުވައްމުލަކު ޖަމްނާ، އަލީ އިރުފާންގެ މައްޗަށެވެ.
މި މައްސަލާގައި މި ދެމީހުންގެ އިތުރުން ދެން ތުހުމަތު ކުރެވޭ ގއ. ވިލިނގިލީ ފިޔަޖަހާގޭ، މުހައްމަދު ހުމައިދް ހޯދުމަށް އިންޓަޕޯލުން ދަނީ މަސައްކަތް ކުރަމުންނެވެ.
މި މައްސަލަ ކްރިމިނަލް ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅުމުން ބަލައިނުގަނެ އޮތުމަށް ފަހު އެ މައްސަލަ ފަހުން ބަލައިގަތީ ހައި ކޯޓުން މައްސަލަ ބަލައިގަތުމަށް އެންގުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ