ލޯކަލް ކައުންސިލްގެ އިންތިޚާބު ފަސްކުރަން ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ތަދައްޚުލްވެ ވަޑައިގެންފި އެވެ.
ޕީޕީއެމްގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާ ހެދި އިންތިޚާބަށް ތައްޔާރުވާން ވަގުތު ނުލިބުނު ކަމަށް ބުނެ އިންތިޚާބު ދެ މަހަށް ފަސްކުރަން އަމުރުކޮށްދޭން އެދި ރައީސް ޔާމީންގެ ފެކްޝަނުން ހުށަހެޅިޔަސް އިންތިޚާބު ފަސްކުރަން މައުމޫން ދެކޮޅުހައްދަވަ އެވެ.
އެ މައްސަލައިގެ ތެރެއަށް ވަދެވަޑައިގަތުމަށް މައުމޫން ހުށަހެޅުއްވުމުން އެ ފުރުސަތު ކޯޓުން ވަނީ ދީފަ އެވެ. އަދި އެ މައްސަލާގައި މައުމޫންގެ ފަރާތުން ބަޔާން ހުށަހެޅުމަށް މާދަމާ ހެނދުނު ކޯޓަށް ހާޒިރުވާން މައުމޫންގެ ވަކީލް ހުސްނުއްސުއޫދަށް ކޯޓުން ވަނީ އަންގައިފަ އެވެ.
އިދިކޮޅު އެމްޑީޕީން ވެސް އެ މައްސަލައިގެ ތެރެއަށް ވަދެފައިވާއިރު މިހާރު ކުރިއަށް ދަނީ އެކި ފަރާތްތަކުން ބަޔާން ބަދަލު ކުރުމުގެ މަރުހަލާ އެވެ. ޝަރީއަތުގެ އަޑުއެހުންތައް ފަށާނީ އޭގެފަހުންނެވެ.
އެ މައްސަލަ ކޯޓުގައި އޮތުމުން، އިންތިޚާބަށް ރީ ރަޖިސްޓްރީ ކުރުން މުއްދަތެއް ނެތި ކުރިއަށް ގެންދަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އިންތިޚާބު މައްސަލައިގެ ތެރެއަށް މައުމޫން ވެސް ތަދައްޚުލްވެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ