ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ރާޢްޖެ ދޫކޮށް ފިލައިގެންދާނެ ދުވަސް މާދުރަކުނެތް ކަމަށް ޖަލު ޙުކުމަށް ފިއްލަވައިގެން ރާއްޖެ ދޫކޮށް ވަޑައިގެން އުޅުއްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރައީސް ޔާމިން ރާޢްޖެ ދޫކޮށް ފިއްލަވައިގެން ދާނެ ދުވަސް މާދުރަކު ނެތް ކަމަށެވެ. އަދި ވަޑައިގަންނަވާނީ ހަލާލު ނޫންގޮތަށް އެއްކުރެއްވި ފައިސާ ހިފައިގެން ކަމަށް ވިދާޅުވިއެވެ. ރައީސް ޔާމިން ވަނީ އެމަނިކުފާނު ވެރިކަމަށް ގެނައުމަށްޓަކާ މަސައްކަތް ކޮށްދެއްވި އެންމެން ކަހަލަ ގޮތަކަށް އަނިޔާދީފައިވާ ކަމަށާއި އަދި އަނިޔާ ނުދީ ތިބި ދިހަ ވަރަކަށް މީހުންނަށް ލަނޑުދީފައި ރައީސް ޔާމީން ފިއްލަވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ރައީސް ޔާމިން އަށް ގާސިމް އިބްރާހިމް ފާޑުވިދާޅުވެފައި މިވަނީ ކޮންކަމަކަށް އިޝާރާތްކޮށްކަމެއް ނޭނގެއެވެ.
ނަމަވެސް ރޭ ރައީސް ޔާމީން ވަނީ ގާސިމަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ގާސިމް އާއި ދޭތެރޭ ރައީސް ނަޝީދު ކަންތައް ކުރެއްވި ގޮތް މިހާރު ގާސިމް ހަނދުމަފުޅުގައި ނެތް ކަމަށެވެ. އެއީ ގާސިމްގެ އުމުރުން ދުވަސްވުމުން ވެފައިވާ ގޮތެއް ކަމަށް ވެދާނެ ކަމަށް ވެސް ރައީސް ޔާމީން ރޭ ވިދާޅުވިއެވެ.
ރައީސް ޔާމީން ރާއްޖެ ދޫކޮށް ފިއްލަވާނެ ދުވަސް ކައިރި ވެއްޖެ ކަމަށް ގާސިމް ވިދާޅުވިއިރު ޖަލު ހުކުމަށް ފަހު، ސިންގަޕޫރަށް ބޭސްފަރުވާ އަށް ވަޑައިގެންނެވި ގޮތަށް ފަހުން ޖަރުމަނަށް ވަޑައިގެން ގާސިމް ދިރިއުޅުއްވަނީ ޖަރުމަނުގަ އެވެ.
ރައީސް ޔާމީން ގައުމު ދޫކޮށް ފިއްލަވާނެ ދުވަސް ކައިރިވެއްޖެ ކަމަށް ގާސިމް ވިދާޅުވިއިރު ގާސިމް މިހާރު ވެސް އުޅުއްވަނީ ފިއްލަވައިގެންނެވެ.
ރައީސް ޔާމިން ރާއްޖެ ދޫކޮށް ފިލައިގެން ދާނެ ދުވަސް މާދުރަކު ނެތް - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ