ސިޔާސީ ޕާޓީތަކަށާއި ރިޔާސީ ކެންޑިޑޭޓުންނަށް ދައުލަތުގެ މީޑިއާ އިން ހަމަހަމަ ފުރުސަތު ދިނުމުގެ އެއްބަސްވުމުގައި ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރާއްޖޭގައި މިހާރު ރަޖިސްޓްރީކޮށްފައިވާ ސިޔާސީ އަށް ޕާޓީން ސޮއިކުރި އެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރީ ލީގަލް ރިފޯމް މިނިސްޓްރީންނާއި ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑުންނެވެ.
މި އެއްބަސްވުމުގެ ދަށުން ސިޔާސީ ހަރަކާތްތަކާއި އިންޓަވިއު އާއި އިންތިހާބުގެ ހަރަކާތްތައް ކަވަރުކުރާނެ ގޮތް ބުނެފައިވާނެ ކަމަށާ އަދި ރިޔާސީ ކެމްޕޭނުގެ ކަވަރޭޖްތައް ފަށާނެ ދުވަހާއި ނިންމާނެ ދުވަސް ވެސް ކަނޑައަޅައިފައިވާނެ ގޮތާއި ކެމްޕޭން އެނައުންސްމަންޓާއި އިޝްތިހާރުތަކާއި ކެންޑިޑޭޓުންނަށް އެއާޓައިމް ގަނެވޭނެ ގޮތްތައް ވެސް ކަނޑައަޅާފައިވާނެ ކަމަށް ލީގަލް ރިފޯމް މިނިސްޓްރީން ބުނެފައިވެ އެވެ.
މިފަދަ އެއްބަސްވުމެއްގައި އެކުލަވާލާން ހަމަޖެއްސީ ރިޔާސީ އިންތިހާބަކީ މިނިވަން، އިންސާފުވެރި އިންތިހާބަކަށް ހެދުން ކަމަށް ލީގަލް ރިފޯމް މިނިސްޓަރު މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
މި އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރަން އޮތީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. ނަމަވެސް އެންމެ ފަހު ވަގުތު ސޮއިކުރުން ފަސްކުރީ އެއްބަސްވުން އިތުރަށް ދިރާސާކުރުމަށް ފުރުސަތު ދިނުމަށް ބައެއް ސިޔާސީ ޕާޓީތަކުން އެދުމުންނެވެ.
ސިޔާސީ ޕާޓީތަކަށާއި ރިޔާސީ ކެންޑިޑޭޓުންނަށް ދައުލަތުގެ މީޑިއާ އިން ހަމަހަމަ ފުރުސަތު ދިނުމުގެ އެއްބަސްވުމުގައި ޕާޓީތަކާއެކު ސޮއިކޮށްފ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ