މާލެ ވިޔަފާރި ބަނދަރު ސަރަހައްދަށް ބަދަލުތަކެއް ގެނެސް އެ ސަރަހައްދަކީ ހިދުމަތް ހޯދާ ފަރާތްތަކަށާއި އެތަނުގައި މަސައްކަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއެލް) އިން ބުނެފި އެވެ.
އެމްޕީއެލްގެ ފަރާތުން މިކަން ހާމަކުރީ އެމްޕީއެލް ސަރަހައްދުގައި މަަސައްކަތް ކުރާ މަޖޫރީން ތިބުމަށް ހާއްސަކޮށްގެން އެމްޕީއެލް އިން ހެދި ޖޯލިފަތިތައް މަޖޫރީންނަށް ހަދިޔާކުރުމަށް މިއަދު އެސަރަހައްދުގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު އެވެ.
ޖުނައިދު ވިދާޅުވީ އެމްޕީއެލްގެ ސަރަހައްދު ހިތްފަސޭހަ މާހައުލަކަށް ބަދަލުކޮށްލުމަށްޓަކައި އެތަން ތަރައްގީކުރުމަށް ހައުސިން މިނިސްޓްރީގެ ހުއްދައަށް އެދިފައިވާ ކަމަށެވެ. އަދި ހައުސިން މިނިސްޓްރީން މިކަމަށް އުއްމީދީ ޖަވާބެއް ދެއްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ޖުނައިދު ވިދާޅުވީ މަޖޫރީން ބޭނުންކުރާ ބައެއް ތަކެތި މިހާރު މިސަރަހައްދުގެ އެކި ތަންތަނުގައި ބެހެއްޓިފައިވާ ކަމަށެވެ. ނަމަވެސް އެއީ ހިދުމަތްދޭ ކުންފުންޏަކުން ކަންކަން ކުރަންވާނެ ގޮތެއް ނުން ކަން ފާހަގަކުރައްވާ ޖުނައިދު ވިދާޅުވީ އެމްޕީއެލް ސަރަހައްދު ތަރައްގީކުރުމުން މަޖޫރީންނަށް ވެސް ހާއްސަ ތަންކޮޅެއް ހެދި މަޖޫރީންގެ ތަކެތި އެ ސަރަހައްދުގައި ބެހެއްޓޭނެ ގޮތް ހަމަޖެހޭނެ ކަމަށެވެ.
މަޖޫރީއަކު މިއަދު އެމްޕީއެލް އިން މިސަރަހައްދު ތަރައްގީކުރުމަކީ މަޖޫރީންނަށާއި ހާއްސަކޮށް ހިދުމަތް ހޯދާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އޭނާ ބުނީ މަޖޫރީން ބަނދަރު ސަރަހައްދުގައި މަސައްކަތް ކުރުމަށްފަހު ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އަރާމުކޮށްލަން އިށީނދެ އިދެވޭނެ ގޮތްތަކެއް އަދި ތަކެތި ބެހެއްޓޭނެ ގޮތްތަކެއް ހެދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
އެމްޕީއެލްގެ މީރުބަހުރު ބަނދަރަށް ބާލައި ކޮންޓެއިނާ ތައް ހުސްކުރުމަށް މަޖޫރީންގެ ގޮތުގައި ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ދިވެހިން ހަރަކާތްތެރިވެ އެވެ.
ހިދުމަތް ހޯދާ ފަރާތްތަކާއި މަޖޫރީންނަށް ފަސޭހަވާ ގޮތަށް އެމްޕީއެލް ސަރަހައްދު ތަރައްގީކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ