އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އެގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހުށަހެޅުއްވި އޭމީ ބެރެޓް އައްޔަނުކޮށްފިއެވެ.
އުމުރުން 48 އަހަރުގެ ބެރެޓް އައްްޔަނުކުރަން ފެންނަ ކަމަށް ސެނެޓުގައި ނެގި ވޯޓު ރިޕަބްލިކަން ޕާޓީއިން ކާމިޔާބުކުރީ 52-48 އިންނެވެ. ސެނެޓުގައި ނެގި ވޯޓުގައި ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ސެނެޓަރ ސޫޒަން ކޮލިންސް ވޯޓު ދެއްވި އޭމީއާ ދެކޮޅަށެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބަށް އެންމެ ހަފްތާއަކަށް ވެފައިވަނިކޮށް މި ނިންމުނު ނިންމުމާއެކު ކުރިޔަށް އޮތް ގިނަ އަހަރުތަކަށް ސުޕްރީމް ކޯޓުގެ މެޖޯރިޓީ ފަނޑިޔާރުންގެ ގޮތުގައި ތިއްބަވާނީ ކަނާތު ފިޔައިގެ ފަނޑިޔާރުންކަން މިހާރު ވަނީ ކަށަވަރު ވެގެންގޮސްފައެވެ. އެގޮތުން އޭމީ މަގާމުގެ ހުވާ ކުރެއްވުމާއެކު ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ ތެރެއިން 6 ބޭފުޅުންނަކީ ކަނާތު ފިޔައިގެ ބޭފުޅުންނެވެ. ވާތު ފިޔައިގެ ބޭފުޅުންގެ ގޮތުގައި ތިއްބެވީ އެންމެ 3 ބޭފުޅުންނެވެ.
ވައިޓް ހައުސްގައި ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުގައި އޭނާ ވަނީ މަގާމުގެ ހުވާ ކުރައްވާފއެވެ. މި ރަސްމިއްޔާތުގައި ރައީސް ޓްރަމްޕް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭނާ ވެގެންގޮސްފައިވަނީ ރައީސް ޓްރަމްޕް ސުޕްރީމް ކޯޓަށް އައްޔަނުކުރެއްވި ތިންވަނަ ފަނޑިޔާރަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޓްރަމްޕް ހުށަހެޅުއްވި އޭމީ ބެރެޓް އައްޔަނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ