އިންތިޤާލީ އަދުލުގެ ޤާނޫނު: އަނިޔާގެ ބަދަލުގެ ގޮތުގައި ގެދޮރާއި ތައުލީމް ހާސިލްކުރުމުގެ ފުރުޞަތު

ރައްޔިތުން މަޖިލީހުން ފާސްކޮށް ރައީސް ޞާލިޙް އިއްޔެ ފާސްކުރެއްވި އިންތިޤާލީ އަދުލުގެ ޤާނޫނުގެ ތެރެއިން 01 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެމްބަރ 2018 އާ ދެމެދު ހިނގާދިޔަ މުއްދަތުގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސްވެރިއެއްގެ ފަރާތުން އެއްވެސް އަނިޔާއެއް ނުވަތަ މީހެއްގެ އިންސާނީ ހައްޤަކަށް އުނިކަން ލިބިފައިވާނަމަ އެފަދަ ފަރާތްތަކަށް މާލީ އަދި އެހެނިހެން ބަދަލު ލިބިދެވޭގޮތަށް ކަނޑައަޅައިފިއެވެ.އެޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގާފައިވާ ޢަމަލެއްގެ ސީދާ ނަތީޖާއެއްގެ ގޮތުން މީހެއްގެ އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަންކަމެއް ޤާނޫނުގައި ބުނެފައިވާ މުއްދަތުގައި ހިފެހެއްޓިފައިވާނަމަ ނުވަތަ ނިގުޅާގަނެފައިވާނަމަ، އެޢަމަލުގެ ޝިކާރައަކަށްވީ ފަރާތަށް މާލީ ބަދަލު ނަގައިދިނުމުގެ އިތުރުން، ނުވަތަ މާލީ ބަދަލު ނަގައިދިނުމުގެ ބަދަލުގައި އެހެނިހެން ބަދަލު ނަގައިދެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ.އެހެނިހެން ބަދަލުގެ ގޮތުގައި އެ ޤާނޫނުގައި ޖުމްލަ ހަތަރު ވައްތަރެއްގެ ބަދަލު ނަގައިދޭގޮތަށް ހަމަޖައްސާފައިވެއެވެ. އޭގެ ތެރޭގައި ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމާއި، ތަޢުލީމު ޙާސިލްކުރުމުގެ ނުވަތަ ތަމްރީނު ލިބިގަތުމުގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނެއެވެ. ހަމައެއާއިއެކު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޞިއްހީ ނުވަތަ ނަފްސާނީ ފަރުވާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި އަދި ބޯހިޔާވަހިކަމުގެ ފުރުޞަތު ދިނުންވެސް ހިމަނާފައިވެއެވެ.މިބިލާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި ކޮވިޑް-19އާއި ގުޅިގެން ފަހުގެ ތާރީޚެއްގައި ނުދެކޭފަދަ އިޤްތިޞާދީ ކާރިސާއެއްގެ ތެރޭގައި ޤައުމު އޮއްވާ މިފަދަ ބޮޑެތި ބަދަލުތައް ދައުލަތުގެ ފަރާތުން ނަގައިދެވޭނެ ފަދަ ގޮތަކަށް މިޤާނޫނު ބައްޓަންކޮށް ޤާނޫނަށް މިދަނޑިވަޅުގައި ޢަމަލުކުރަން ފެށުމަކީ ފޫނުބެއްދޭވަރު ގެއްލުން ތަކެއް އިޤްތިޞާދަށް ލިބޭނެ ކަމެކެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ