ސްކޫލް ކުއްޖަކު، އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ބަލަނީ

ސްކޫލެއްގެ ދަރިވަރަކު އަންހެން ކުއްޖަކު ރޭޕް ކުރިކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފިއެވެ.
މާލޭގެ ސްކޫލެއްގެ ދަރުވަރަކު އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް އެއްބަސް ވެފައިވާ ޗެޓް ލޮގްތަކެއްގެ ސްކްރީން ޝޮޓްތަކެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.
މިކަމާގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ރޭ ބުނީ މި މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް ގެނައި ދުވަހުން ފެށިގެން ބަލަން ފަށާފައިވާ ކަމަށެވެ. އަދި މިފަދަ މައްސަލައެއް ފެންމަތިވެއްޖެ ނަމަ އެކަން މިނިސްޓްރީން ސީރިއަސް ކަމާއެކު ބަލަމުން ދާނެ ކަމަށް މިނިސްޓްރީން ހާމަ ކުރިއެވެ.
އަންހެން ކުއްޖާ ރޭޕް ކޮށްފައިވާ ކަމަށް އެއްބަސްވެފައިވާ އިރު، އެ ފިރިހެން ކުއްޖާ އެކަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ކަމަށް ބައެއް ޗެޓް ލޮގްތަކުގައި އޭނާ ބުނެފައިވެއެވެ.
މި މައްސަލަ އެޑިއުކޭޝަނުން ބަލާކަމަށް ބުނާއިރު, ޖެންޑާ މިނިސްޓްރީންނާއި ފުލުހުން ބަލަމުން އަންނަކަން އަދި ސާފެއްނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ