އިޒްރޭލު ސިފައިން ދިން ބަޑިގެ ހަމަލާއެއްގައި ފަލަސްތީނުގެ 15 އަހަރުގެ ދެ ކުއްޖަކު ޝަހީދު ވެއްޖެ އެވެ.
އިއްޔެ ހިނގި މި ހާދިސާއާއި ބެހޭގޮތުން އިޒްރޭލު ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ދެ ކުދިންގެ ގަޔަށް ބަޑިޖަހަން އިޒްރޭލު ސިފައިންނަށް މަޖުބޫރުވީ އެ ދެކުދިން އިސްވެ އިޒްރޭލު ސިފައިންނަށް ހަމަލާ ދިނުމުން ކަމަށެވެ. އަދި އެ ދެކުދިން ހަމަލާ ދިނީ ރައިފަލް އަކުން ކަމަށްވެސް އިޒްރޭލު ސިފައިން ނެރުނު ބަޔާނުގައި ވެ އެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ އެ ހަމަލާފައި ޝަހީދުވެފައިވަނީ ނިހާދު އަދި ފުއާދު ނަމަކަށް ކިޔާ ދެ ފިރިހެން ކުދިން ކަމަށެވެ.
އިޒްރޭލާއި ފަލަސްތީނުގެ މަސްރަހު މި ފަހަކަށް އައިސް ގޯސްވެފައިވާއިރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް އިޒްރޭލުގެ ހަމަލާ ތަކުގައި ފަލަސްތީނުގެ 169 މީހަކު ޝަހީދުވެފައި ވެ އެވެ.
އިޒްރޭލު ސިފައިންގެ ހަމަލާއެއްގައި ފަލަސްތީނުގެ 15 އަހަރުގެ ދެ ކުއްޖަކު ޝަހީދު ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ