ޓޮޕް އެޗީވާސް އެވޯޑްސް އެސްޓީއޯ އިން ސްޕޮންސާ ކޮށްފި
މަތީ ސާނަވީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް އެވޯޑު ދިނުމަށް ބާއްވާ ޓޮޕް އެޗީވާސް އެވޯޑްސް އެސްޓީއޯ އިން ސްޕޮންސާ ކޮށްފި އެވެ. ކުރިއަށް އޮތް ފަސް އަހަރަށް އެވޯޑް ސްޕޮންސާކޮށް އެސްޓީއޯ އިން މިއަދު ވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް އެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ކޮމްޕެނީ ސެކްރެޓަރީ އައިޝަތު ޝައްފާނާ ރަޝީދެވެ. ފާއިތުވި ފަސް އަހަރުވެސް ޓޮޕް އެޗީވާސް އެވޯޑްސްގެ ސްޕޮންސަރަކީ އެސްޓީއޯ އެވެ. މި އެވޯޑް އެސްޓީއޯއިން ސްޕޮންސަ ކުރާ މިއީ 10 ވަނަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ