އިންޑިއާގެ ސިނެމާތަކުގައި ފިލްމް ފެށުމުގެ ކުރިން ގައުމީ ސަލާމް ޖެހުމަށް ސުޕްރީމް ކޯޓުން އަންގައިފި

އިންޑިއާގެ ސިނެމާ ހޯލްތަކުގައި ފިލްމް ފެށުމުގެ ކުރިން ގައުމީ ސަލާމް ޖެހުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން މިއަދު އަންގައިފިއެވެ.
އެގައުމުގެ ސުޕްރީމް ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ ފިލްމް އަޅުވާ ކޮންމެ ތިއޭޓަރެއްގައި ވެސް ފިލްމް ފެށުމުގެ ކުރިން އިންޑިއާގެ ގައުމީ ސަލާމް ޖެހުމަކީ ލާޒިމް ކަމެއް ކަމަށެވެ.
ގައުމީ ސަލާމަތްފަހު ދެން ފެނިގެންދާނީ ކުލަބަރީގެ ފޮޓޯއެވެ. ކޯޓުން ކުރި ހުކުމުގައި އިތުރަށް ބުނެފައިވަނީ ގައުމީ ސަލާމް ޖެހޭ ވަގުތު އެ ތިއޭޓަރުގައި ހާޒިރުވެ ތިބި އެންމެ ގައުމީ ސަލާމަތް ކޮޅަށް ތެދުވެ އިހްތިރާމް އަދާކުރަން ޖެހޭނެއެވެ.
ސުޕްރީމް ކޯޓުން ވަނީ މި އަމުރު އާންމުނަށާއި ތިއޭޓަރ ހޯލްތަކުގެ ވެރިންނަށް ފެންނާނެހެން ކޮންމެ ސްޓޭޓެއްގައި އަމުރު ދައުރު ކުރުވުމަށް ކައުންސިލްތަކަށް އަންގާފައެވެ. މީގެ އިތުރުން އިންޓަނެޓާއި ސޯޝަލް މީޑިއާގައި ވެސް މި އަމުުރު މިހާރު ދަނީ ދައުރުވަމުންނެވެ.
ސުޕްރީމް ކޯޓުން ބުނީ ގައުމީ ސަލާމް ޖެހުމުގައި އެއްވެސް ފަރާތަކުން އިޝްތިހާރުކޮށްގެން ނުވާނެ ކަމަށާއި އެއްވެސް ބޭކާރުތަނެއްގައި ގައުމީ ސަލާމް ޕްރިންޓްކޮށް ދައްކައިގެން ނުވާނެ ކަމަށެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން މިފަދަ އަމުރެއް މި ނެރުނީ އެ ގައުމުގެ ބައެއް ހިސާބުތަކުގައި ގައުމީ ސަލާމަށް ދޭން ޖެހޭ އިހްތިރާމް ދުވަހެއް ދުވަހަކަށް ފަނޑުވަމުން ދާތީ ކަމަށް ރިޕޯޓުތަށް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ