ސިފައިންގެ ވޯޓުލުމުގެ ހައްގު ނިގުޅައި ނުގަތުމަށް މައުމޫން ގޮވާލައްވައިފި

ސިފައިންގެ ވޯޓުލުމުގެ ހައްގު ނިގުޅައި ނުގަތުމަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވީ ޓްވީޓެއްގައި ވިދާޅުވީ، ސިފައިންނަކީ ގައުމުގެ ދިފާއުގައި ތިއްބަވާ ބަތަލުން ކަމަށާއި، އެ ފަރާތްތަކުގެ ވޯޓު ލުމުގެ ހައްގު ނިގުޅައި ނުގަތުމަށް އެދޭ ކަމަށެވެ.
ސިފައިންނަށް ވޯޓް ނުލެވޭ ގޮތައް ޤާނޫނަށް އިސްލާހް ހުށަހަޅާނެކަން އިއުލާންކުރެއްވީ، ޑިފެންސް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ. މިނިސްޓަރު ޝަރީފް ވިދާޅުވީ އެގޮތަށް ނިންމެވީ، ސިފައިންނަކީ ސިޔާސީ ނުފޫޒުތަކުން ދުރުވެ ގައުމަށް ހިދުމަތުގައި އުޅޭ ބައެއް ގޮތުގައި ހެދުމަށްޓަކައި ކަމަށެވެ.
2008 ވަނަ އަހަރު އާޤާނޫނު އަސާސީ ތަސްދީގު ކުރުމުގެ ކުރިން ވޯޓް ދިނުމުގެ ޙައްޤެއް ސިފައިންނަކަށް ނޯވެއެވެ. ނަމަވެސް އާޤާނޫނު އަސާސީގައި ވޯޓް ދިނުން ސިފައިންނަށް މަނާ ނުކުރާތީ ސިފައިންގެ ޤާނޫނުގެ ދަށުން ވޯޓް ދިނުމުގެ ޙައްޤު ސިފައިންނަށް ވެސް ލިބޭގޮތައް ޤާނޫނު ވަނީ ފާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ